twitterviber whatsapp telegramfacebookyoutube instagram
12th September 2026

ވިޖޭއާއެކު "ފައިޓާ" ގައި ފެނިގެން ދާނީ އަނަންޔާ

ޚަދީޖާ އާދަމް
Jan 26, 2020

ތެލަގޫ ސްޕާރސްޓާރ ވިޖޭ ދެވެރަކޮންޑާ ބޮލީވުޑަށް ތައާރަފުވާ ފިލްމު "ފައިޓާ"ގައި އޭނާއާއެކު ފެނިގެންދަނީ އަންނަޔާ ޕާންޑޭކަމަށް ހަބަރުތަކުން ބުނެފި އެވެ.

ކަރަން ޖޯހަރު ކޯ ޕްރޮޑިއުސްކުރާ މި ފިލްމު ޑައިރެކްޓު ކުރާނީ ސައުތު އިންޑީޔާ އަދި ހިންދީ ފިލްމުތައް ވެސް ޑައިރެކްޓުކޮށްފައިވާ ޕޫރީ ޖަގަންނަތެވެ.

މިއީ ވިޖޭގެ ފުރަތަމަ ވަރުގަދަ އެކްޝަން ފިލްމަކުން ފެންނަ ފުރަަތަމަ ފަހަރަށް ވުމުން އޭނާ މިހާރު ދަނީ ފިލްމަށް ތައްޔާރުވުމަށާއި ބަރުދަން ލުއިކޮށް މީހާ ފިޓްވުމަށް ގިނަ ޓްރެއިނިންތަކެއް ހަދަމުންނެވެ.

ކުރިން އަޑު އިވިފައިވާ ގޮތުން އާލިޔާ ބަޓް އަދި ޖާންވީ ކަޕޫރަށް ވެސް ވަނީ މި ފިލްމު ހުށައަޅާފަ އެވެ. ނަމަވެސް އާލިޔާ މިހާރު ދަނީ އޭނާގެ އަލަތު ތެލަގޫ ފިލްމަށް ތައްޔާރު ވަމުންނެވެ. އަދި ޖާންވީއަށް މި ފިލްމަށް ވަގުތު ދެވެން ނެތްކަމަށް ވަނީ ބުނެފައެވެ. މި ތަރިންނަކީވެސް ކަރަން ޖޯހަރުގެ ތަރިންގެ ގޮތުގައި ބޮލީވުޑްގައި މަޝްހޫރު ދެ ތަރިންނެވެ.

އަދި އަނަންޔާއަކީވެސް ކަރަންގެ ފިލްމަކުން ބޮލީވުޑަށް ނުކުތް ތަރިއެކެވެ. އެއީ މިދިޔަ އަހަރު ނެރުނު ސްޓޫޑެންޓް އޮފް ދަ އިޔާ 2 އިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293