twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކޭއާރުއެޗުގެ މެމޮގުރަފީ ބެހެއްޓުމަށް ކުރަން ޖެހޭ މަސައްކަތްކުރުމަށް ވޭވް ލެންތަށް

Jan 28, 2020
1

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މެމޮގުރަފީ ބެހެއްޓުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމާއި، ބެޑް ސައިޑް ކާޓަންސް ހަރުކުރުމުގެ މަސައްކަތް 467,517.24 (ހަތަރު ލައްކަ ފަސްދޮޅަސް ހަތް ހާސް ފަސް ސަތޭކަ ސަތާރަ ރުފިޔާ ސައުވީސް ލާރި) އަށް ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

މި މަސައްކަތް ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރީ 45 ދުވަސް ތެރޭގައި މަސައްކަތް ފުރިހަމަކޮށް ނިންމާ ގޮތަށެވެ. މި މަސައްކަތުގެ ތެރެއިން މެމޮގުރަފީ ރޫމްގައި ހަރުކުރަން ޖެހޭ ލެޑް ޝީޓްތައް ހަރުކުރުމާއި، ސީލިންގ ގެ މަސައްކަތާއި، ޕާޓިޝަން ޖެހުމާއި، އޭސީ ކުރުމުގެ އިތުރުން ސީޓީ ރޫމްގެ ހަލާކުވެފައިވާ ތަޅުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ އެވެ.

"މި މަސައްކަތް ނިމުމުން ވޯޑްތަކުގައިވާ އެނދުތައް ކާޓަން ދަމާ ވަކި ކޮށްލިވެގެން ދާނެ. މިއީ ރައްޔިތުންގެ ފަރާތުން ވަރަށް ގިނައިން އަންނަ ރިކުއެސްޓެއް. އަދި ޕްރޮޖެކްޓް ނިމުމުން އުރަމަތީގެ ކެންސަރަށް ސްކޭން ކުރުމުގެ ހިދުމަތް ފެށިގެން ދާނެ" ޕްރޮޖެކްޓާ ބެހޭ މައުލޫމާތު ހިއްސާ ކުރަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ ހެލްތު ސަރވިސް އަހްމަދު ދާއޫދު ހާމަކުރިއެވެ.

މިހާރުވެސް ވޭވް ލެންތުގެ ފަރާތުން ދަނީ 1.3 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއްގެ ދަށުން ލޭބާރ ރޫމް އަކާއި، ސީއެސްއެސްޑީ ރޫމެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ލޭބަރ ރޫމްގެ މަސައްކަތް މިހާރު ވަނީ 90 އިންސައްތަ ނިމިފައެވެ. އަދި ޕާރފެކްޓް މަލަފެހި މޯލްޑިވްސްގެ ފަރާތުން 2.2 މިލިއަންގެ ޕްރޮޖެކްޓެއްގެ ދަށުން ހޮސްޕިޓަލުގައި ކުރަން ހުރި މަރާމާތުތައް ކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355