twitterviber whatsapp telegramfacebookyoutube instagram
18th April 2024

ފަހުން އުފެއްދި އެޗްއައިވީ ވެކްސިންވެސް ނާކާމިޔާބު

ޚަދީޖާ އާދަމް
Feb 5, 2020
1

ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުން އެންމެ ފަހުން ޓެސްޓު ކުރި އެޗައައިވީ ވެކްސިން ނާކާބިޔާބު ވެ ހުއްޓާލައިފި އެވެ. އެޗްވީޓީއެން 702 ގެ ވެކްސިން ސައުތު އެފްރިކާގެ 5000 މީހުންއެކު ޓެސްޓު ކުރި މި ވެކްސިނުން އެޗްއައިވީގެ ވައިރަސް އެމީހުން ގައިން ނައްތާލެވިފައެއް ނުވެއެވެ.

ސައިންޓިސްޓުން މި ނާކާމިޔާބީ ސިފަ ކުރީ "ޑީޕް ޑިސަޕޮއެންޓެމެންޓް" ގެ ގޮތުގައި އެވެ. ނަމަވެސް މިހާ ހިސާބުން އެވްއައިވީއަށް ވެކްސިން އުފެއްދުން ހުއްޓާނުލާނެ ކަަަމަށާއި އިތުރަށް ތަހުލީލުކޮށް ވެކްސިން ހެދުމުގެ މަސައްކަތް ކުރިގެންދާނެކަމަށް އެ އިންސްޓިޓިއުޓުން ބުންޏެވެ.

މި ވެކްސިން ޓެސްޓުކޮށްފައިވަނީ އެޗްއައިވީގެ ޖެހިފައިވާ މީހުންގެ އާބާދީ ބޮޑު ސައުތު އެފްރިކާގައެވެ. ވެކްސިން އުފެއްދުމުގައި ހަރަކާތްތެރި ވި ޑރ އެންތޮނީ ވިދާޅުވީ މި ވެކްސިން ކާމިޔާބުވި ނުވުމަކީ ހިތާމައެއް ކަމަށެވެ. އަދި މިއި ވަރަށް އުންމީދާއެކު އުފެއްދި ވެކްސިނެއް ކަމަށެވެ.

މި ވެކްސިނަކީ އެޗްއައިވީއާ ދެކޮޅަށް ހަށިގަނޑު ދިފާއުކުރުމަށް ހެދި ވެކްސިނެކެވެ. އަދި މިއީ މިހާތަނަށް އެޗްއައިވީއާ ދެކޮޅަށް ހެދުނު އެންމެ ކާމިޔާބުއެއް ވެކްސިން އާރްވީ144 ގެ އާ ވާޝަނެއްގެ ގޮތަށް އުފެއްދި ވެކްސިނެކެވެ.

އާރްވީ144 އެޗްއައިވީން ހަށިގަނޑު ދިފާއުކުރުމަށް ކޮންމެވެސް ވަރެއްގެ މަސައްކަތެއް ކުރެއެވެ. އެހެންނަމަވެސް ވެކްސިން އެއްކޮށް ކާމިޔާބުވެފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355