އަންހެނުން ކޮމެޓީއަށް މެމްބަރުން ހޮވުމަށް ކުޅުދުއްފުށި ސިޓީގައި އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބުގެ ނަތީޖާ އިއުލާންކޮށްފިއެވެ.
އެގޮތުން ކުޅުދުއްފުށި ސިޓީ ހަ ދާއިރާގެ ތެރެއިން އުތުރު ދާއިރާ، މެދު އުތުރު ދާއިރާ އަދި އިރުދެކުނު ދާއިރާގެ އިތުރުން މެދު ދެކުނުދާއިރާއަށް އެއް ކެންޑިޑޭޓް ކުރިމަތިލާފައިވުމުން އިންތިހާބަކާ ނުލައި ވަނީ އެފަރާތްތަކަށް ޓިކެޓް ލިބިފަ އެވެ.
ޕްރައިމަރީ ބާއްވާފައިވަނީ ހުޅަނގުއުތުރުދާއިރާ އާއި ހުޅަނގުދެކުނުދާއިރާއިނެވެ. މި ދެ ދާއިރާއަށް ވަނީ އެކަކަށް ވުރެން ގިނައިން ކުރިމަތިލާފަ އެވެ.
ކުޅުދުއްފުށި ސިޓީ އެމްޑީޕީ އިން އަންހެނުން ކޮމެޓީއަށް ޕްރައިމަރީއަކާއި ނުލާ ޓިކެޓް ލިބިފައިވަނީ އުތުރުދާއިރާއިން، އާނު/ ސުހާ އަބްދުﷲ މެދު އުތުރުދާއިރާއިން، ހުވަފެނީ އައްސޭރި/ އައިސަތު އިސްމާއިލް، މެދު ދެކުނުދާއިރާއިން، ޅޮސްމާގެ/ ހަދީޖާ އަބޫބަކުރު އަދި އިރުދެކުނު ދާއިރާއިން، ލަކްސްގެ/ ފިރާސާ އިބްރާހިމަށެވެ.
އާތިފާ މުޙައްމަދު/މަލުތެރޭގެ :ލިބުނު ވޯޓް 42
އަނީސާ މޫސާ/މާވިނަ :ލިބުނު ވޯޓް 37
ސާޖިދާ އިބްރާހިމް/ވިންދު :ލިބުނު ވޯޓް 4
އަކްބަރީ މުޙައްމަދު / ރިއޯ: ލިބުނު ވޯޓް 31
ސާދުނާ މުޙައްމަދު / ޕެނަލް: ލިބުނުވޯޓް 29
ހުޅަނގު ދެކުނު ދާއިރާއަށް އެމްޑީޕީ 3 ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު މި ދާއިރާގެ އަންހެނުން ކޮމެޓީގެ ޓިކެޓް ކާމިޔާބު ކުރީ ކުޅުދުއްފުށީ /މަލުތެރޭގެ، ޢާތިފާ މުޙައްމަދެވެ. އަދި ހުޅަނގު އުތުރުދާއިރާއިން ދެ ކެންޑިޑޭޓުން ވާދަކޮށް ޓިކެޓް ކަށަވަރުވެފައިވަނީ ކުޅުދުއްފުށީ/ ރިއޯ، އަކްބަރީ މުހައްމަދެވެ.
ކުޅުދުއްފުށީ ސިޓީގައި އަންހެނުން ކޮމެޓީއަށް ވާދަކުރައްވާ ކެންޑިޑޭޓުން ހޮވުމަށް އިއްޔެ އިންތިހާބު ބޭއްވުނު ހުޅަނގުއުތުރު އަދި ހުޅަނގުދެކުނު ދާއިރާގައި ވޯޓްލުމުގެ ހައްގު ލިބިފައިވަނީ 413 މެމްބަރުންނަށެވެ. ނަމަވެސް އިއްޔެ ކުރިއަށް ދިޔަ އެއިންތިހާބުގައި އަންހެނުން ކޮމެޓީ ޕްރައިމަރީގައި ވޯޓްލާފައިވަނީ 148 މެމްބަރުން ނެވެ. ބާތިލް ވޯޓްގެ ގޮތުގައި 5 ވޯޓްވަނީ ގުނާފައެވެ.