twitterviber whatsapp telegramfacebookyoutube instagram
1st March 2026

ޕްރޮސެސްޑް ފުޑް ކެންސަރަށް މަގުފަހިކޮށްދޭ

ޚަދީޖާ އާދަމް
Feb 20, 2020

މިއީ އާ ވާހަކައެއް ނޫނެވެ. އަލްޓްރާ ޕްރޮސެސްޑް ފުޑް ނުވަތަ ތައްޔާރީ ކާނާއިން ހަށިގަނޑަށް ގެއްލުން ލިބޭ ވާހަކަ އެެވެ. ކެންސަރަށް މަގުފަހި ކުރުވާ ވާހަކައެވެ.

ނަމަވެސް ކަން އެނގިހުރެ ކުޑަ ދަރިފުޅަށްވެސް މިފަދަ ކާނާ ދެވެނީ މަދެއްކޮށެއް ނޫނެވެ. މިފަދަ ކާނާ ގިނައިން ބޭނުން ކުރުމަކީ އެއިން ސިއްހަތަށް އެތަކެއް ނޭދެވޭ އަސަރު ކުރުވާ ކަމެކެވެ.

މިފަދަ ކާނާގެ ތެރޭގައި ހިމެނެނީ ހަމައެކަނި މަހުގެ ބާވަތްތަކެއް ނޫނެވެ. އެއީ ގިނަ މީހުންނަށް އޮޅިފައި އޮންނަ ކަމެކެވެ. ޕްރޮސެސްޓް ފުޑޭ ބުނުމުން ހިތަށް އަނަންނީ ސޮސެޖު ނުވަތަ ކޮންމެވެސް މަހުގެ ބާވަތެކެވެ.

ނަަމަވެސް މި ބަވަތުގެ ކާނާގެ ތެރޭގައި މެޓާ، އާރޓިފިސަލް ފްލޭވާ ހިމެނޭ ކަނާ، ފަސޭހައިން އެއަށް ދެވިހިފާ އެއްޗެހި ހިމެނެއެވެ. އެގޮތުން އެކި ފާޑު ފާޑުގެ ޗިޕްސް، ޕިޒީ ޑްރިންކްސް އެނާޖީ ޑްރިންކްސް ވެސް ހިމެނޭނެއެވެ. އަދި މިފަދަ ކާނާތަކަށް ބަރޯސާވެ ތިބޭ މީހުނަކީ ބަރުދަން ވެސް އިތުރުވާ މީހުންނެެވެ.

މިފަދަ މީހުންނަށް ހިތުގެ ބަލީގެ އިތުރުން، ހިތުގެ މައްސަަލަ، ހަކުރު ބަލި ފަދަ ބަލިތަކަށް ހުށައެޅިގެން ދެއެވެ. ހާއްސަ މިދަފަ ކާނާތަކަށް ބަރޯސާވެ ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ހަށިގަނޑަށް ނުހަނު ގެއްލުން ހުރިކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355