twitterviber whatsapp telegramfacebookyoutube instagram
10th April 2025

ކޮރޯނާ ވައިރަހަށް ރާއްޖޭގައި ޓެސްޓް ކުރެވޭގޮތް ހަދައިފި

Feb 20, 2020

ކޮރޯނާ ވައިރަހަށް ޓެސްޓު ކުރެވޭނެ ކިޓުތައް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ހަދިޔާކޮށްފި އެވެ.

ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ހަދިޔާ ކުރީ 1،000 މީހުން ޓެސްޓް ކުރެވޭނެ ކިޓެކެވެ. އެގޮތުން . މިހާރު ޗައިނާގެ ވޫހާން ސިޓީން ފެތުރުނު ނުރައްކާތެރި ކޮރޯނާ ވައިރަސްއަށް ރާއްޖޭގައިވެސް ޓެސްޓު ކުރެވޭނެ އެވެ.

މިނިސްޓްރީން މިއަދު ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ހަލެތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ މިއަދުން ފެށިގެން އައިޖީއެމްއެޗް އިން ކޮރޯނާ ވައިރަހަށް ޓެސްޓު ކުރެވޭނެ ކަމަށާއި ޓެސްޓުގެ ނަތީޖާ 10-12 ދުވަސް ތެރޭގައި ލިބޭނެ ކަމަށެވެ.

މީގެ ކުރިން ރާއްޖެއިން ކޮރޯނާއަށް ޝައްކު ކުރެވުނު މީހުންގެ ޓެސްޓުތައް ހައްދާފައި ވަނީ އިންޑިޔާއަށް ފޮނުވައިގެނެވެ. އެ ޓެސްޓުތަކުގެ ނަތީޖާ އޭރު ލިބުނީ ހަތަރު ދުވަސް ފަހުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355