twitterviber whatsapp telegramfacebookyoutube instagram
22nd February 2026

ދިއްދޫ، އޭދަފުށި އަދި ކުޑަހުވަދޫގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލުގެ ޑިޒައިން ދައްކާލައިފި

ޚަދީޖާ އާދަމް
Feb 27, 2020
4

ހއ. ދިއްދޫ، ބ. އޭދަފުށި އަދި ދ.ކުޑަހުވަދޫ ގައި އަލަށް އަޅާ ހޮސްޕިޓަލްތަކުގެ ޑިޒައިންތައް މިއަދު ހެލްތް މިނިސްޓްރީ ދައްކާލައިފި އެވެ.

މި ހޮސްޕިޓަލްތަކުގެ ޕްލޭނިން އިފްތިތާހު ކޮށްދެއްވީ އެކަމަށް މާގިރި ހޮޓަލުގައި މިއަދު ބޭއްވި ހަފްލާއެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.

އެގޮތުން އަލަށް އެކުލަވާލި ޕްލޭންގައި މި ތިން ހޮސްޕިޓަލުގައިވެސް ބަލި މީހުން ބެލުމަށް ހާއްސަ 19 ކޮޓަރިއާއި، ލެބޯޓަރީ ގެ އިތުރުން އެކްސްރޭ ރޫމަކާއި އަލްޓްރާ ސައުންޑް ސްކޭނިން ރޫމާއި، ޕިޒިއޮތެރަޕީ ރޫމެއްގާއިމެއް ގާއިމް ކުރެވިގެން ދާނެއެވެ.

އަދި 8 ވޯޑާއެކު 55 އެނދު ބެހެއްޓިގެންދާނެ އެވެ. އަދި 6 ޕްރައިވެޓް ކޮޓަރިއާއި، 3 އެދުނގެ އައިސީޔޫއަކާއި އެންއައިސީޔޫއެއްގެ އިތުރުން ދެ އޮޕަރޭޝަން ތިއޭޓަރުވެސް ގާއިމް ކުރެވޭނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ރާއްޖޭގެ ސިއްހީ ނިޒާމަށް ސަރުކާރުން ހެޔޮ ބަދަލުތަކެއް ގެންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިއީ ރައީސްގެ ރިޔާސީ ވައުދެއްވެސް މެއެވެ. އެގޮތުން މި ސަރުކާރުގެ

ފަސް އަހަރުތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތައް ހުޅުވިގެންދާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355