twitterviber whatsapp telegramfacebookyoutube instagram
23rd April 2024

48 މިލިއަން ރުފިޔާގެ މަޝްރޫއު ހިންގަން ކައުންސިލްތަކަށް

ނަބީލާ އިސްމާޢީލް
Mar 1, 2020

ލާމަރުކަޒީ ނިޒާމުގެ ދަށުން 20 ރަށެއްގައި 48 މިލިއަން ރުފިޔާގެ މަޝްރޫއު ހިންގުމަށް މިނިސްޓްރީ އޮފް ހެލްތުން ކައުންސިލްތަކާ ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ޕަބްލިކް ސެކްޓަ އިންވެސްޓްމަންޓް ޕްރޮޖެކްޓުތައް، ޕީއެސްއައިޕީ ތަކުގެ ތެރެއިން މި 20 ރަށުގެ ޕްރޮޖެކްޓުތައް ރަށު ކައުންސިލްތަކާއި ހަވާލުކޮށްފައިވަނީ މިއަދު ހެލްތު މިނިސްޓްރީގައި މިކަމަށް ހާއްސަ ކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.

ހެލްތު މިނިސްޓްރީން ކައުންސިލްތަކާ ހަވާލު ކުރި ޕްރޮޖެކްޓު ތަކުގެ ތެރޭގައި ހިމެނެނީ ހއ.މާރަންދޫ، ވަށަފަރު އާއި ފިއްލަދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕޮރޮޖެކްޓު، ހދ.ވައިކަރަދޫ އާއި މަކުނުދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕްރޮޖެކްޓު، ހދ.ފިނޭ ސިއްހީ މަރުކަރުގެ ވަށާފާރު ރޭނުމުގެ މަސައްކަތް، ނ.ކެނދިކުޅުދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕްރޮޖެކްޓު، ރ.ވާދޫ އާއި ހުޅުދުއްފާރު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕްރޮޖެކްޓު، އއ.ފެރިދޫ، ދަނގެތި އާއި ދިގުރަށުގެސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕްރޮޖެކްޓު ހިމެނެ އެވެ.

އަދި މ.މުލައް ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕްރޮޖެކްޓު، ލ.މާމެންދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕްރޮޖެކްޓު، ގއ.މާމެންދޫ، ދެއްވަދޫ، ފިޔޯރީ، މަޑަވެލި އަދި ނިލަންދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕްރޮޖެކްޓު، އަދި ސ.ހުޅުމީދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕްރޮޖެކްޓު އެވެ.

ހެލްތު މިނިސްޓްރީން މައުލޫމާތުދިން ގޮތުގައި މި ޕްރޮޖެކްޓުތައް ކައުންސިލްތަކާ ހަވާލުކޮށްފައިވަނީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުންކަމަށެވެ. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކުގައި ބުނެފައިވާ ގޮތުގައި ފަސް މިލިއަނަށް ވުރެ މަދުން ހޭދަ ކުރާ ޕްރޮޖެކްޓުތައް ކައުންސިލްތަކާއި ހަވާލު ކުރަން ޖެހެއެވެ. މިއަދު ހެލްތު މިނިސްޓްރީން ކައުންސިލްތަކާއި ހަވާލު ކުރި 20 ޕްރޮޖެކްޓުގެ ތެރެއިން 18 ޕްރޮޖެކްޓަކީ މުޅިން އަލަށް ފެށުމަށް ނިންމާފައިވާ ޕްރޮޖެކްޓުތަކެއް ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355