twitterviber whatsapp telegramfacebookyoutube instagram
19th May 2026

ބަތަލާ ރިސޯޓުން ދެ މީހުން ވައިރަހަށް ޕޮޒިޓިވް ވެއްޖެ

ނަބީލާ އިސްމާޢީލް
Mar 9, 2020

އއ. ސޭންޑީޒް ބަތަލާ ރިސޯޓުން ކޮވިޑް-19 އަށް ޓެސްޓު ކުރި ތިން މީހުންގެ ތެރެއިން ދެމީހަކު އެވައިރަހަށް ޕޮޒިޓިވްް ވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 4 އަކަށް އަރާފައެވެ. މި ދެ މީހުންނަކީވެސް ބިދެސީން ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

އެ ރިސޯޓުގައި ހުރި ފަތުރުވެރިއެއްގެ ފަރާތުން ވައިރަހުގެ އަލާމާތްތައް ފެނުމާއެކު އިއްޔެއިން ފެށިގެން އެ ރިސޯޓަށް އަރާ ފޭބުން އޮތީ މަނާކޮށްފައެވެ. އަދި ސޭންޑީސް ބަތަލާގައި 11 ފަރާތެއް ރޫމް ކަރަންޓީން ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުން އެ ބައްޔަށް ޝައްކުވި ދެ މީހުން ޕޮޒިޓިވްވެފައި ވާތީ އެ ރިސޯޓަށް އަރައިފޭބުން މަނާކޮށް އެ ރަށުން އިތުރު މީހުން ޓެސްޓް ކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެ ރަށުގެ ހާލަތު މިހާރު ވަނީ އޮރެންޖް އެލާޓުގަ އެވެ.

މި ވައިރަހަށް މިހާތަނަށް ރާއްޖެއިން 24 މީހަކު ޓެސްޓްކޮށްފައިވާއިރު ހެލްތު މިނިސްޓަަރު އަބްދުﷲ އަމީން ވިދާޅުވީ ޖުމްލަ 10 މީހަކު ކަރަންޓީނުގައި އެބަ ތިބި ކަމަށެވެ. އޭގެ އިތުރުން ބަލި ފެނުނު ކުރެއްދޫ ރިސޯޓުގައި ކޮންޓެކްޓް ޓްރޭސިން 80 ފަރާތެއް ހިމެނޭ އިރު 97 މީހެއް ރޫމް އައިސޮލޭޭޝަންގައި ތިބި ކަމަށް އަމީން ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355