ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރި ވުމުގެ ގޮތުން ހއ އުތީމު ގަނޑުވަރުގެ ހިދުމަތްތަކާއި އެ ގަނޑުވަރަށް ޒިޔާރަތް ކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
މިކަމަށްޓަކައި އުތީމު ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަދުން ފެށިގެން އުތީމު ގަނޑުވަރުގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.
އުތީމު ގަނޑުވަރަކީ ހާއްސަކޮށް ސްކޫލު ބަންދު ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުންވެސް މީހުން ޒިޔާރަތް ކުރާ ތަނެކެވެ.
ޗައިނާއިން އުފަންވެގެން ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19ގެ ވައިރަސް ރާއްޖެއިންވެސް ފެނިފައިވާތީ ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ކަމާ ބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.
މި ވައިރަހަށް ޕޮޒިޓިވް ވެފައިވާ ހަތަރު މީހުން މިހާތަނަށް ރާއްޖެއިން ވެސް މިވަނީ ފެނިފަ އެވެ.