twitterviber whatsapp telegramfacebookyoutube instagram
22nd February 2026

މިއަދު ކޮރޯނާ ވައިރަސްގެ ވެކްސިންއެއް ޓެސްޓްކުރަނީ

ޚަދީޖާ އާދަމް
Mar 16, 2020

ކޮރޯނާ ވައިރަސް އަށް އަމާޒުކޮށްގެން ތައްޔާރު ކޮށްފައިވާ ވެކްސިންގެ ފުރަތަމަ ޑޯޒް އިންސާނުންނަށް ދިނުމަށް މިއަދު ތައްޔާރު ވެއްޖެއެވެ. މި ވެކްސިން ޑިވެލޮޕް ކޮށްފައިވަނީ އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތް އަދި ބަޔޯޓެކް ކުންފުންޏެއް ކަމުގައިވާ މޮޑާނާ އިންކް ގުޅިގެންނެވެ.

ޑެއިލީ މެއިލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއަދު ފުރަތަމަ މީހާއަށް މި ވެކްސިން ދެވޭނެއެވެ. އެގޮތުން މިކަމުގައި 45 ވޮލެންޓިއަރުން ވަނީ ބައިވެރިވެފައެވެ. އެއީ 18 އަހަރާއި 55 އަހަރާއި ދެމެދު ސިއްހަތު ރަނގަޅު މީހުންނެވެ.

ޑަބްލިއު އެޗްއޯ އިން ހާމަކުރާގޮތުގައި ކޮރޯނާ ވައިރަސްއާ ހަނގުރާމަކުރުމަށް 35 ވެކްސިންގ އެކްޕެރިމެންޓެއް މިހާރުވެސް ކުރިއަށް އެބަދެއެވެ. މީގެ ތެރޭގައި އެމެރިކާއިން މި އުފެއްދި ވެކްސިން ވެސް ހިމެނެއެވެ.

އިތުރަށް މި ވެކްސިން އުފައްދާނީ ކާމިޔާބު ވެއްޖެނަމަ އެވެ. ނަމަވެސް މީގެ ނަތީޖާތައް ވެލިޑޭޓް ކުރުމަށް 18 މަސް ދުވަސް ހޭދަވާނެ އެވެ. މި މުއްދަތުގެ ތެރޭގައި ކޮރޯނާ ވައިރަސް މިމީހުންގެ ގަޔަށް އިންޖެކްޓެއް ނުކުރާނެ އެވެ.

ނަމަވެސް އެޓީމުގައި ހިމެނޭ އޮފިޝަލުން ބުނީ ވެކްސިން ކާމިޔާބުވި ނަމަވެސް އެންމެންނަށް ވެކްސިން ފޯރުކޮށްދެވޭނީ އަހަރެއްހާ ދުވަސް ތެރޭގައި ކަމަށާއި އެހެންކަމުން އަދިވެސް މި ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް ދުވަސް ނަގާނެ އެވެ.

މިހާތަނަށް ކޮރޯނާއަށް 170،000 ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު 6500 ހާ މީހުން ވަނީ މަރުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355