twitterviber whatsapp telegramfacebookyoutube instagram
27th April 2024

ސަރުކާރު ބަންދު ކުރުމުން ޓެލެކިލާސްތައް ހުއްޓާލައިފި

ޚަދީޖާ އާދަމް
Mar 18, 2020

އެޑިއުކޭޝަން މިނިސްޓްރީން ދަރިވަރުންނަށް އަމާޒުކޮށް ކުރިއަށްގެންދިޔަ "ޓެލިކިލާސް" ތައް ހުއްޓާލައިފި އެވެ.

ސަރުކާރު ބަންދު ކުރުމާ ގުޅިގެން ދަރިވަރުންނަށް އަމާޒުކޮށް ކުރިއަށްގެންދިޔަ ޓެލެކިލާސްތަކާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ފޯރުކޮށްދިނުމަށް ސްކޫލްތަަކުން ރާވާފައިވާ ކިޔަވައިދިނުމުގެ ޕްރޮގްރާމްތައް މި މުއްދަތުގައި މެދުކަނޑާލިކަން މިނިސްޓްރީން ހާމަކުރީ މިއަދު ނެރުނު ބަޔާނެއްގަ އެވެ.

ކޮވިޑް-19ގެ ސަބަބުން ސްކޫލްތައް ވަނީ ދެ ހަފްތާ އަށް ބަންދުކޮށްފަ އެވެ. ސަރުކާރު ބަންދު ކުރަނީ މާދަމާ އިން ފެށިގެން 26 ގެ ނިޔަލަށެވެ.

މި މުއްދަތުގައި ދަރިވަރުން ގޭގައި ތިބޭ އިރު ބެލެނިވެރިން ސަމާލުކަން ދޭންވީ ބައެއް ކަންކަން އެޑިއުކޭޝަނުން ވަނީ ފާހަގަ ކޮށްފަ އެވެ.

• ދީނީ ކަންކަމަށް އަހުލުވެރިކުރުވުމާއި އާއިލީ ގުޅުން ބަދަހި ކުރުން

• ދަރިވަރުންގެ ސްކްރީން ޓައިމް މަދުކޮށް، އިތުރު ހަރަކާތްތައް ގޭތެރޭގައި ކުރިއަށްގެންދިޔުން

• ގޭގެ މަސައްކަތްތަކުގައި ދަރިވަރުން ބައިވެރިކުރުވުން

• ފޮތް ކިޔުމާއި ލިޔުންތެރިކަމުގެ ހުނަރު ކުރިއެރުވުން

• ނަފްސާނީ އަަދި ޖަޒްބާތީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުން

• ކޮވިޑް-19 އާ ގުޅޭ މައުލޫމާތު އުމުރާ ގުޅުވައިގެން ދަރިވަރުންނަށް ކިޔައިދިނުން

• އަަމިއްލަ ކަންކަމަށް ޒިންމާދާރު ކުރުވުން

މިނިސްޓްރީން ގްރޭޑް 10 އެއްގެ ކުދިންނަށް އަމާޒުކޮށް ޕީއެސްއެމްގެ ޔެސްޓީވީ މެދުވެރިކޮށް "ޓެލި ކިލާސްތައް" ތިން ދުވަހަށް ކުރިއަށްގެންދިޔަ އެވެ. އަދި، އިތުރު ގްރޭޑްތަކަށްވެސް ކިޔަވަދޭނެ ގޮތްތައް ދިޔައީ ހޯދަމުންނެވެ.

އަދި މި ދުވަސްވަރު އަމިއްލަ ސާފްތާހިރު ކަމަށް އިސްކަން ދިނުމާއި ސޯޝަލް ޑިސްޓަންސިން އަށް ސަމާލުވެ ގޭގައި ތިބުމަށް އެޑިއުކޭޝަނުން ވަނީ އެދިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355