twitterviber whatsapp telegramfacebookyoutube instagram
26th April 2024

މީހުން ދިރިއުޅޭ ހަ ރަށަކުން ނެގި ސާމްޕަލްތައް ނެގެޓިވް

ޚަދީޖާ އާދަމް
Mar 19, 2020

ކޮރޯނާވައިރަސް، ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހަ ރަށަކުން ނެގި ސާމްޕަލްތައް ނެގެޓިވް ވެފައިވާކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ އޭގެ ތެރެއިން ހިތަދޫ، ހިންނަވަރު، ފައިނު، އުކުޅަސް، މާލެ އަދި ވިލިމާލެ އިން ނެގި ސާމްޕަލްތައް ނެގެޓިވް ވެފައިވާ ކަމަށެވެ.

ރާއްޖެއިން ބޭރުން އައި ހަތް ދިވެއްސެއްގެ ސާމްޕަލް ނަގައި ޓެސްޓުކުރަމުން ދާކަން އެޗްޕީއޭއިން ހާމަކުރީ އިއްޔެ އެވެ.

ވިލިމާލެ އިން ސާމްޕަލް ނަގައި ޓެސްޓު ކުރީ ދެކުނު ކޮރެއާއިން އެނބުރި އައި ދިވެއްސެއްގެ އެވެ. މި ރަށްރަށުގެ އިތުރުން ރިއު ހޮޓެލްއިން ޓެސްޓު ކުރި މީހާގެ ސާމްޕަލް ވެސް ނެގެޓިވް ވެފައިވާކަމަށް މަބްރޫކް މިއަދު ވިދާޅުވިއެވެ.

ހިތަދޫ އާއި ފައިނުން ޓެސްޓުކުރީ އިންޑިއާގެ ކޮޗިން އިން އައި ދެމީހެކެވެ. އުކުޅަހުން ޓެސްޓު ކުރީ ޓްރިވެންޑްރަމް އިން އައި ދިވެއްސެކެވެ. ބެންގަލޫރުންނާއި ލަންކާއިން އައި ދެމީހަކު މާލެ އިން ޓެސްޓު ކުރި އިރު، ހިންނަވަރުން ވެސް ޓެސްޓުކުރީ ލަންކާއިން އެނބުރި އައި ދިވެއްސެކެވެ.

މިހާތަނަށް ރާއްޖެއިން ޖުމްލަ 517 ސާމްޕަލްއެއް ނެގި އިރު، 502 ސާމްޕަލް ވަނީ ވައިރަހަށް ނެގެޓިވް ވެފައެވެ. މިހާތަނަށް ނަތީޖާ ލިބިފައި ނުވަނީ 15 ސާމްޕަލެއްގެ އެވެ.

މިހާތަނަށް ކޮރޯނާވައިރަހަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ 13 ބިދޭސީންނެވެ. އެއީ ހަތަރު ރިސޯޓަކާއި އެއް ސަފާރީއަކުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355