twitterviber whatsapp telegramfacebookyoutube instagram
20th April 2024

ދިހަ މީހެއްގެ ފަރާތުން އަލާމާތްތައް ފެނި ޕެރެޑައިސް ބަންދުކޮށްފި

ޚަދީޖާ އާދަމް
Mar 19, 2020
1

ވިލާގެ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މަސައްކަތްކުރާ 10 މީހެއްގެ ފަރާތުން ކޮރޯނާގެ އަލާމާތްތައް ފެނުމުން އެ ރިސޯޓް ބަންދުކޮށްފި އެވެ. އަލާމާތްތައް ފެނިފައިވަނީ އަށް ދިވެއްސަކާއި ދެ ބިދޭސީއެއްގެ ގައިންނެވެ.

ކޮރޯނާގެ ހާލަތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ކަނޑައާޅާފައި ހުންނަވާ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ އެ ރިސޯޓް މޮނީޓަރިންގެ ހާލަތަށް ގެންދެވިފައިވާ ކަމަށެވެ.

މިވަގުތު ޕެރެޑައިސް އައިލެންޑް ރިސޯޓް ފިޔަވާ ވިލާގެ އެހެން ހުރިހާ ރިސޯޓްތަކެއް ވަނީ ބަންދުކޮށްފައެވެ. އަދި ވިލާގެ ފަން އައިލެންޑް ރިސޯޓް ވަނީ ކަރަންޓީން ފެސިލިޓީއަކަށް ހެދުމަށް ނިންމާފައެވެ.

ކޮރޯނާގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު މަދުވެ، އާމްދަނީ ދަށަށް ދިޔުމާއެކު، ވިލާ އިން ނިންމީ ޕެރެޑައިޒް އައިލެންޑް ރިސޯޓު ފިޔަވާ އެހެން ހުރިހާ ޕްރޮޕަޓީއެއް ވަގުތީގޮތުން ބަންދުކުރުމަށެވެ.

އެހެން ރިސޯޓުތަކުގެ އޮޕަރޭޝަން ހުއްޓާލާނީ މިވަގުތު އެތަންތަނުގައި ތިބި ފަތުރުވެރިން އަނބުރާ ދިއުމުންނެވެ. އެނގިފައިވާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި އެހެން ރިސޯޓުތަކަށް ބުކިންގް ހަދާފައިވާ ހުރިހާ ފަތުރުވެރިންގެ ބުކިންތައް ޕެރެޑައިސްއަށް ބަދަލުކުރުމަށް އެ ކުންފުނިން ވަނީ ނިންމާފަ އެވެ.

ލާ ގްރޫޕުން ހިންގާ ރިސޯޓުތަކަކީ ޕެރެޑައިޒް އައިލެންޑް ރިސޯޓު (ކ. ލަންކަންފިނޮޅު)ގެ އިތުރުން ފަން އައިލެންޑް ރިސޯޓު (ކ. ބޮޑުފިނޮޅު)، ހޮލިޑޭ އައިލެންޑް ރިސޯޓު (އދ. ދިއްފުށި)، ރޯޔަލް އައިލެންޑް ރިސޯޓު (ބ. ހޮރުބަދޫ) އަދި ރާއްޖޭގެ އެންމެ ބޮޑު އެއް ރިސޯޓު ކަމުގައިވާ ސަން އައިލެންޑް ރިސޯޓު (އދ. ނަލަގުރައިދޫ)އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355