twitterviber whatsapp telegramfacebookyoutube instagram
26th September 2026

14 ދުވަސް ހަމަވުމުން ކުރެންދޫ އެކަހެރި ކުރި 32 މީހަކު ދޫކޮށްލައިފި

ޚަދީޖާ އާދަމް
Mar 20, 2020

ކުރެއްދޫ އައިލެންޑް ރިސޯޓުގައި އެކަހެރިކޮށްފައި ތިބި މީހުންގެ ތެރެއިން 32 މީހެއްގެ ކިބައިން ކޮވިޑް-19ގެ އަލާމާތެއް ފެނިފައިނުވާތީ 14 ދުވަސް ހަމަވުމުން އެ މީހުން ދޫކޮށްލައިފި އެވެ.

ކުރެއްދޫ ރިސޯޓަށް ކޮރޯނާ ވައިރަސް ފެތުރުނީ އެ ރަށުގައި ޗުއްޓީ ހޭދަކުރި އިޓަލީ ޓޫރިސްޓެއްގެ ފަރާތުންނެވެ.

އެ ޓޫރިސްޓުގެ ފަރާތުން ކުރެއްދޫ ރިސޯޓްގެ ދެ ބިދޭސީ މުވައްޒަފަކަށް ކޮރޯނާ ވައިރަސް ފެތުރިފައިވެ އެވެ. އެއީ ރާއްޖޭގައި އެ ވައިރަހަށް ޕޮޒިޓިވްވި މީހަކު ފެނުނު ފުރަތަމަ ފަހަރެވެ. އޭގެ ފަހުން އެ ރިސޯޓުގައި ތިބި އިތުރު ތިން ބިދޭސީއަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.

ވައިރަހަށް ޝައްކު ކުރެވޭ އަލާމާތްތައް ހުއްޓާ އިޓަލީ މީހާއަށް ފުރުނު މައްސަލަ ފުލުހުންވެސް ދަނީ ތަހުގީގު ކުރަމުންދާއިރު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ، އެ އިޓަލީ މީހާގެ ފަރާތުން އެ ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރިކަން، އޭނާ ބެލި އެ ރިސޯޓުގެ ޑޮކްޓަރުގެ އިތުރުން ރިސޯޓުގެ އިސް މުވައްޒަފުންގެ މެދުގައި މަޝްވަރާ ކުރެވުނު ނަމަވެސް، އެކަން ކަމާބެހޭ އިދާރާތަކާ ހިއްސާކޮށްފައި ނުވާ ކަމަށެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް 13 މީހަކު ވަނީ ފެނިފަ އެވެ. އެއީ ހަތަރު ރިސޯޓެއްގައި ތިބި ބިދޭސީންނާއި ޓޫރިސްޓުންތަކެއްގެ އިތުރުން ސަފާރީއެއްގައި ތިބި ބިދޭސީންތަކެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293