twitterviber whatsapp telegramfacebookyoutube instagram
1st August 2026

ރަޝިޔާގައި ކަރަންޓީނު ކުރި ދެ ދިވެހިން ވައިރަހަށް ނެގެޓިވް

ޚަދީޖާ އާދަމް
Mar 20, 2020

ރަޝިއާއަށް ދިޔަ ތިން ދިވެހި ދަރިވަރެއްގެ ފަރާތުން ކޮވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން އެ ގައުމުން ކުރި ޓެސްޓްތަކުން ދެ ދަރިވަރެއްގެ ނަތީޖާ ނެގެޓިވްވެފައިވާކަން ސަރުކާރުން ހާމަކޮށްފި އެވެ.

ދެ ދަރިވަރުންގެ ނަތީޖާ ނެގެޓިވްވެފައިވީ ނަމަވެސް، އެ ދަރިވަރުން 10 ދުވަހު ކަރަންޓީނުގައި ބެހެއްޓުމަށް ރަޝިއާއިން ވަނީ ނިންމާފަ އެވެ.

ކޮވިޑް-19 އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިރޭ ވިދާޅުވީ ދެ ދަރިވަރެއްގެ ނަތީޖާ ކޮވިޑް-19 އަށް ނެގެޓިވްވެފައިވާއިރު އަނެއް ދަރިވަރުގެ ޓެސްޓްގެ ނަތީޖާ އަދި ނުލިބޭ ކަމަށެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ރަޝިއާއަށް ދަތުރުކުރާ ދިވެހިންގެ އިތުރުން އެ ގައުމުގައި މިވަގުތު ތިބި ދިވެހިންވެސް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

މެއި 1 ވަނަ ދުވަހާ ހަމައަށް ބޭރު މީހުން އެތެރެވުން މަނާކޮށްފައިވީނަމަވެސް، ރަޝިއާގައި އެ ބައްޔަށް ޕޮޒިޓިވްވި ކޭސްތައް ނިސްބަތުން ވަރަށް މަދުކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފަ އެވެ. އެގައުމުގައި ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ހުރީ 114 ގަ އެވެ.

ނަމަވެސް، އެ ގައުމުގައި އޮތް ހަގީގީ ހާލަތު ފޮރުވަން މަސައްކަތް ކުރަމުންދާކަމުގެ ތުހުމަތުތައް އެކި ފަރާތްތަކުން ދަނީ ރަޝިއާ ސަރުކާރަށް އަމާޒު ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355