twitterviber whatsapp telegramfacebookyoutube instagram
30th March 2026

ޗުއްޓީއަށާއި އިމްތިހާނަށް ބަދަލެއް ނުގެންނަން: އެޑިއުކޭޝަން

ޚަދީޖާ އާދަމް
Mar 22, 2020

ކޮރޯނާވައިރަހާ ގުޅިގެން ދަރިވަރުންގެ ޗުއްޓީ އަށާއި އިމްތިހާނަށް ބަދަލު ގެނެސްފައި ނުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފި އެވެ.

ކޮރޯނާވައިރަހާ ގުޅިގެން ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލާފައިވާއިރު ކުރިއަށް އޮތް މޭ އަދި ޖޫން މަހު އޭލެވެލް އަދި އޭއެސް ލެވެލްގެ ދަރިވަރުން ހަދަންޖެހޭ އިމްތިހާންތައް ފަސްކުރުމާމެދު އަދި ގޮތެއް ނިންމާފައި ނުވާކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ

އެ މިނިސްޓްރީ އިން ބުނީ ކޮރޯނާ އާއި ގުޅިގެން އިމްތިހާނުތަކާއި ޗުއްޓީ ތަކަށް ބަދަލު ގެނެސްފައިވާ ކަމަށް ބުނެ ،ސޯޝަލް މީޑިއާ ގައި ދައްކަނީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށާއި އިގިރޭސިވިލާތުން މޭ އަދި ޖޫން މަހުގެ އިމްތިހާރު ކެންސަލް ކުރިކަމުގައި ވީ ނަމަވެސް އެހެނިހެން ގައުމުތަކަށް ފޯރުކޮށްދޭ އިމްތިހާނު (އިންޓަރނޭޝަނަލް އެގްޒެމިނޭޝަން) ތަކާއިމެދު އިމްތިހާނުތައް ފޯރުކޮށްދޭ އެ ގައުމުގެ މަރުކަޒުތަކުން އެއްވެސް އިތުރު ނިންމުމެއް ނިންމާފައި ނުވާތީ ދިވެހިރާއްޖޭގެ ދަރިވަރުން މޭ/ޖޫން ގައި އިށީނުމަށް ހަމަޖެހިފައިވާ އިމްތިހާނުތައް ފަސްކުރުމާމެދު އަދި ގޮތެއްނިންމާފައި ނުވާނެ ކަމަށެވެ.

ރާއްޖެއިން އޭލެވެލް އަދި އޭއެސް ލެވަލްގައި ހަދަނީ އިނގިރޭސިވިލާތުގެ އެޑެކްސެލް އިމްތިހާންތަކެވެެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355