twitterviber whatsapp telegramfacebookyoutube instagram
25th April 2024

9 ރިސޯޓަކާއި ހޮޓަލަކުން ކަރަންޓީނަށް 1،158 ކޮޓަރި

Mar 22, 2020

ކޮވިޑް-19 ފެތުރުން ހުއްޓުވަން ކަރަންޓީން ކުރަން ޖެހޭ މީހުންނަށް ހާއްސަކޮށްގެން ނުވަ ރިސޯޓަކާއި ހޮޓަލަކުން 1،158 ރޫމް ހަމަޖެހިފައިވާ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެއީ ޖުމްލަ 2،288 އެނދު ކަމަށާއި އެފަދަ އިންތިޒާމްތަކެއް ހަމަޖައްސަން އެހީތެރިކަން ފޯރުކޮށްދެއްވި ޓޫރިޒަމް ދާއިރާގެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

އެއިން ކޮންމެ ކަރަންޓީން ފެސިލިޓީއެއްގައި ފޯކަލް ޕޮއިންޓެއްގެ ގޮތުގައި ޓޫރިޒަމް މިނިސްޓްރީގެ އިސް ބޭފުޅަކު ވެސް ހުންނަވާނެ އެވެ.

ފޯކަލް ޕޮއިންޓްސް

- ބިޔާދޫ އައިލެންޑް ރިސޯޓް: އެގްޒެކްޓިވް ޑިރެކްޓާ، އަލީ ހާޝިމް، 9555344
- ފަން އައިލެންޑް ރިސޯޓް: ސީނިއާ އެގްޒެކްޓިވް ޑިރެކްޓާ، އަލީ ރަޒާން، 9777426
- ހޮލިޑޭ އައިލެންޑް: ޑެޕިއުޓީ މިނިސްޓަރު، އަސަދު ރިޒާ، 7779167
- ހުޅުލޭ އައިލެންޑް ހޮޓެލްސް: ކަސްޓަމާ ރިލޭޝަން އޮފިސާ، ފާތިމަތު ދިޔާމާ އިބްރާހިމް، 9672767
- މަލަހިނި ކުޑަ ބަނޑޮސް: ސީނިއާ ޕޮލިސީ ޑިރެކްޓާ، މުހައްމަދު ހުޝާން، 7684940
- އެނބޫދޫ ވިލެޖް: އެންވައިރޮންމެންޓް އޮފިސާ، މުހައްމަދު ސިނާން، 9685119
- ވަރު ބައި އެޓްމޮސްފިއާ: ކަސްޓަމާ ރިލޭޝަން އޮފިސާ، ގުސޭ އިބްރާހިމް މުހައްމަދު، 9533394
- ވެލިދޫ އައިލެންޑް ރިސޯޓް: ސީނިއާ ޕޮލިސީ ޑިރެކްޓާ، އިބްރާހިމް ފަރުހާދު، 9195719
- ދިގިރި ޓޫރިސްޓް ރިސޯޓް: އެގްޒެކްޓިވް ޑިރެކްޓާ، ތޮއްޔިބު ޝަހީމް، 7864363
- ރޯޔަލް އައިލެންޑް: އެސިސްޓެންޓް ޑިރެކްޓާ، އިބްރާހިމް ފިކުރީ، 9997816

މިހާރު ވެސް އެކި ފެސިލިޓީތަކުގައި 249 މީހަކު ކަރަންޓީން ކޮށްފައި އެބަ ތިއްބެވެ. ރާއްޖޭން މިހާތަނަށް 13 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން ތިން މީހަކު ވަނީ ރަނގަޅު ވެފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.

ކަރަންޓީން ކުރުމަށް އިތުރު ރަށްތަކެއް ހާއްސަކުރީ ރާއްޖޭން ބޭރުން އަންނަ ޓޫރިސްޓުން ފިޔަވައި އެހެން ހުރިހާ މީހުން ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހު ތިބެން ޖެހޭ ގޮތަށް އެޗްޕީއޭ އިން ނިންމުމުންނެވެ. އޭގެ ކުރިން ދިވެހީން އައިސޮލޭޓް ވަމުން އައީ ގޭގަ އެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރުނަށް ނުދިނުމަށް އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އެޗްޕީއޭން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355