twitterviber whatsapp telegramfacebookyoutube instagram
6th September 2026

ކޮވިޑް-19 އަށް ޝައްކުކުރެވޭ ދެ ދިވެހިން އެކަހެރި ކުރަނީ

ނަބީލާ އިސްމާޢީލް
Mar 22, 2020

ކޮވިޑް-19އަށް ޕޮޒިޓިވްވި މީހަކާ ޑައިރެކްޓް ކޮންޓެކްޓުވި ދެ ދިވެއްސެއްގެ ކިބައިން ވައިރަހުގެ އަލާމާތްތައް ފެންނާތީ އެ ދެމީހުން އެކަހެރިކޮށް ޓެސްޓު ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކާ ޑައިރެކްޓު ކޮންޓެކްޓުވި ދެ ދިވެއްސެއްގެ ކިބައިން އެ ވައިރަހުގެ އަލާމާތްތައް ފެންނާތީ އެ ދެ މީހުން އެކަހެރިކޮށް ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ދެ މީހުންވެސް ވެލިދޫ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސް އެކަހެރިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 13 ބިދޭސީންނެވެ. އޭގެ ތެރެއިން ތިން މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖޭގައި މި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް ސަރުކާރުންވެސް އަންނަނީ ރައްކާތެރިވުމަށް ގިނަ ފިޔަވަޅު ތަކެއް އަޅަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355