twitterviber whatsapp telegramfacebookyoutube instagram
29th August 2025

ވީއައިއޭ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފަށައިފި

Mar 23, 2020

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމް.އޭ.ސީ.އެލުން ފަށައިފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ރާއްޖޭގެ އިތުރުން މި ސަރަހައްދުގައިވެސް އެންމެ ބާރުބޮޑު އެއް އެއަރޕޯޓެވެ.

އެކުންފުނިން މި މަސައްކަތް ފަށާފައިވަނީ ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުންނާއި އެއަރޕޯޓުގެ ހިދުމަތް ހޯދާ ފަރާތްތަކާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ކަމަށް އެމް.އޭ.ސީ.އެލުން ބުނެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއިން އެޅި އެންމެ ފުރަތަމަ ފިޔަވަޅަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެއަށް އެތެރެވާ މީހުން މި ބައްޔަށް ސްކްރީންކުރުމުގެ މަސައްކަތް ފެށުމެވެ. އެގޮތުން ވީ.އައި.އޭވެސް ހިމެނޭހެން ރާއްޖޭގެ އިންޓަރނޭޝަނަލް އެއަރޕޯޓުތަކާއި ސީޕޯޓުތަކުގައި ތާމަލްކެމެރާ ބަހައްޓައިގެން ސްކްރީން ކުރަން ވަނީ ފަށާފައެވެ.

މީގެ އިތުރުން އެއަރޕޯޓުން އެތެރެވާ މީހުން ސްކްރީން ކުރުމުގެ އިތުރުން އިންޓަރނޭޝަނަލް ޓަރމިނަލުން ފުރަންދާ ފަރާތްތަކުގެ ޓެމްޕަރޭޗަރ ސްކްރީންކުރުމުގެ މަސައްކަތް އެމް.އޭ.ސީ.އެލުން ވަނީ ފަށާފައެވެ.

އަދި ކޯވިޑް-19ގެ ކަންކަމުގައި އެއަރޕޯޓުގެ އިންޓަރނޭޝަނަލް އޮޕަރޭޝަންތަކަށް ހާއްސަކޮށްގެން ކޯޑިނޭޝަން ސެންޓަރެއް ޤާއިމުކޮށް ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކާ އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެއަރޕޯޓުގައިވެސް ވަނީ އަޅާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355