twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކައުންސިލް އިންތިހާބު ޖެނުއަރީއަށް ފަސްކުރަނީ

ނަބީލާ އިސްމާޢީލް
Mar 29, 2020

އަންނަ މަހު 18 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރި ލޯކަލް ކައުންސިލް އިންތިހާބު ފެށޭ އަހަރު ޖެނުއަރީއަށް ލަސްކުރުމަށް ވަގުތީ ގާނޫނެއް، އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.

އިލެކްޝަނުން އެންމެ ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ތާވަލު ކުރީ އެޕްރީލް ހަވަނަ ދުވަހު ނަމަވެސް ކޮވިޑް-19 ބައްޔާ ގުޅިގެން އެ ތާރީހު އެޕްރީލް 18 އަށް ފަސްކުރި އެވެ. ނަމަވެސް ކޮރޯނާ ވައިރަހުގެ ހާލަތު އިތުރަށް ގޯސްވެ އިތުރަށް އިންތިހާބު ފަސްކުރަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ދަނީ އެމަސައްކަތް ކުރަމުންނެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ޖެނުއަރީ މަހުގެ ހަވަނަ ދުވަހަށް ފަސްކުރުމަށް ހާއްސަ ގާނޫނެއް ޑްރާފްޓްކުރުމުގެ މައްސައްކަތް ފަށާފައިވާކަން ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް ކަށަވަރުވެފައި ވާކަމަށް އެ މީޑިއާ ވަނީ ހާމަކޮށްފައެވެ. މި ޑްރާފްޓް ނިންމައި މިހަފްތާގެ ތެރޭގައި މަޖިލީހަށް ހުށައެޅުމަށް ސަރުކާރުން ވަނީ ނިންމާފައި ކަމަށެވެ. އަލަށް އެކުލަވާލާ ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނުގެ ނަމުގައި އެކުލަވާލާ މި ގާނުނުގެ މަގްސަދަކީ މިހާރު އަމަލުކުރަމުން އަންނަ ގާނޫނުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ތާރިހްގައި ނުބޭއްވޭނެތީ އެކަމަށް ހައްލެއް ހޯދައި ދިނުމެވެ. މި ގާނޫނު އެކުލަވާލަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ނިމުމުން އެ ގާނޫނު އުވިގެންދާނެ ގޮތަށެވެ.

އެ ނޫހަށް މައުލޫމާތުދެއްވަމުން އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އެ ކޮމިޝަންގެ ފަރާތުން އިންތިހާބުތަކާއި ބެހޭ ގާނޫނަށް އިސްލާހު ހުށައެޅުމަށް ނިންމަވާފައި ވަނީ މިހާރު ރާއްޖޭގައި އޮތް ބަލިމަޑުކަން ނިމުނުކަން ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން އިއުލާންކުރާ ދުވަހުންފެށިގެން ފަސް ދުވަހުގެ ތެރޭގައި ތާރީހެއް އިއުލާންކުރާގޮތަށް ކަމަށެވެ. ނަމަވެސް ބަންޑާރަ ނާއިބުގެ އޮފީހުން ކައުންސިލް އިންތިހާބާ ގުޅޭ ހާއްސަ ބިލެއް އެކުލަވާލަމުން އަންނަކަން އެނގިވަޑައިގެންފައި ވާކަމަށާއި މިކަމުގެ މައުލޫމާތު މަޖިލީހުން އަދި ހިއްސާކުރައްވާފައި ނުވާކަމަށެވެ. ނަމަވެސް މި ހަފްތާގެ ތެރޭގައި މިކަމާއި ގުޅޭ މަޝްވަރާތައް މަޖިލީހާއި އެކު ކުރިއަށްދާނެކަން ޝަރީފް ފާހަގަކުރެއްވިއެވެ.

ޤާނޫނުގައި ބުނާ ގޮތުން އިންތިހާބު ފަސްކުރެވޭނީ ގައުމަށް 2 ހާލަތެއް މެދުވެރިވެގެންނެވެ. އޭގެތެރެއިން އެއްހާލަތަކީ ސިއްހީގޮތުން ގައުމަށް ދިމާވާ ކަމަކާ ގުޅިގެން އިންތިހާބު ފަސްކުރަންޖެހުމެވެ. ރާއްޖެއަށް ކުރިމަތިވެފައިވާ މިހާލަތުގައި މީހުން ގިނައިން އެއްވާ އެއްވުންތައް ނުބާއްވައި އެފަދަ ހަރަކާތްތައް ނުހިންގުމަށްވެސް ކަމާބެހޭ ފަރާތްތަކުންވަނީ އިލްތިމާސްކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355