twitterviber whatsapp telegramfacebookyoutube instagram
10th May 2024

ކަރަންޓީން ކުރާ މީހުން ދޫކޮށްލުމުގެ ކުރިން ޓެސްޓް ކުރަނީ

Mar 29, 2020

ރާއްޖޭގައި ކަރަންޓީންކުރާ އެންމެންވެސް ދޫކޮށްލުމުގެ ކުރިން ކޯވިޑަށް ޓެސްޓު ކުރަން ނިންމައިފިއެވެ.

ކޯވިޑް-19އަށް ރާއްޖޭގައި ފަރުވާދެމުންދާ ޑޮކްޓަރުންގެ ޓީމްގައި ހިމެނި ވަޑައިގަންނަވާ އައިޖީއެމް ހޮސްޕިޓަލުގެ ޑޮކްޓަރ ޑރ.ޢަލީ ލަޠީފް ވިދާޅުވީ ރާއްޖޭގައިވެސް އަދި ދުނިޔޭގައިވެސް މިބަލީގައި ހަދާ އެސްއޯޕީތައް ހަދަމުންދަނީ ފެންނަމުންދާ ކޭސްތަކުން ފާހަނގަވާ ކަންކަމަށް ބެލުމަށްފަހުގައިކަމަށެވެ.

އަދި މިބައްޔަކީ މުޅި ދުނިޔޭގައިވެސް އަލަށް ފެނި ފަރުވާއެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ބައެއްޔެއްކަމުން، މިކަމުގައި ރާއްޖެއިން އަމަލުކުރަމުންދަނީވެސް މިކަމަށް ޚާއްސަ އެސްއޯޕީއެއް ހަދައިގެން އޭގެ ދަށުންކަމަށް ކަމަށްވެސް ލަތީފް ވިދާޅުވި އެވެ.

އެސްއޯޕީއަށް ގެނައި މި ބަދަލާއެކު ރާއްޖޭގައި ކަރަންޓީން ކޮށްފައިތިބި މީހުންނާއި އަދި އިތުރަށް ކަރްނޓީންކުރާ މީހުންވެސް ދޫކުރުމުގެ ކުރިން ކޯވިޑަށް ޓެސްޓު ކުރާނެއެވެ.

މިހާރު ރާއްޖޭގައިވެސް ބައްޔަށް ޝައްކުކުރެވޭ މީހުން އިތުރުވެ، ބަލި ޖެހޭ މީހުންވެސް މަދުންނަމަވެސް ފެންނާތީ ކަރަންޓީންއާއި، އައިސޮލޭޝަންގައި ތިބޭ އެންމެންވެސް ދޫކުރާނީ ކަނޑައެޅިފައިވާ 14 ދުވަހަށްފަހު އިތުރަށް ޓެސްޓް ކުރުމަށްފަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355