twitterviber whatsapp telegramfacebookyoutube instagram
1st July 2025

ދެ މީހަކަށް ޝައްކު ކުރެވިގެން ހުރަވަޅި މޮނީޓަރިންނަށް

ޚަދީޖާ އާދަމް
Mar 29, 2020

ސްޓޭންޑަޑް ހުރަވަޅި ރިސޯޓުން ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ އަލާމަތްތައް ހުރި ދެމީހަކު ފެނިގެން އެ ރިސޯޓް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެ ރިސޯޓުން ދެ މީހަކު ފެނުމުން އޮތީ މޮނީޓަރިންގެ ހާލަތުގައި ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް 17 މީހަކު ކޮވިޑައަށް ޕޮޒިޓިވް ވެފައިވާއިރު 11 މީހަކު މިހަރު ވަނީ ރަނގަޅުވެފައެވެ.

ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސިނަމަން ހަކުރާ ހުރާ މޯލްޑިވްސް ރިސޯޓު، ގްރޭންޑް ޕާރކް ކޮއްދިއްޕަރު މޯލްޑިވްސް، ޖޭ.އޭ. މަނަފަރު މޯލްޑިވްސް ރިސޯޓު އަދި މާހާ ސަފާރީން ނެގި ސާމްޕަލްތަކުގެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައި ވާތީ

އެ ރަށްތަކާއި ސަފާރީ ވަނީ މޮނިޓަރިންގެ ހާލަތުން ނަގާފައެވެ.

މިހާތަނަށް ރާއްޖޭގައި ކޮވިޑަށް 908 މީހަކު ޓެސްޓްކޮށްފައިވާއިރު 891 މީހަކު ވަނީ ނެގެޓިވް ވެފައެވެ. ކަރަންޓީނު ފެސިލިޓީޒްތަކުގައި 860 މީހުން އެން ތިއްބެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355