twitterviber whatsapp telegramfacebookyoutube instagram
17th April 2024

އޭޑީބީން އިތުރު ފަސްލައްކަ ޑޮލަރުގެ އެހީއެއް ރާއްޖެއަށް

ޚަދީޖާ އާދަމް
Mar 30, 2020

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން އިތުރު ފަސް ލައްކަ ޑޮލަރު (7.7 މިލިއަން ރުފިޔާ) ގެ އެހީއެއް ރާއްޖެ އަށް ދޭން ނިންމައިފި އެވެ.

އޭޑީބީން ވަނީމީގެ ކުރިންވެސް ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެ އިން ކުރަމުންދާ މަސައްކަތަށް އެހީވުމަށް މިމަހު ކުރީކޮޅު ދިވެހި ސަރުކާރުން އޭޑީބީގައި އެދުމުން ފަންނީ ކަންކަމަށް ބޭނުންވާ އެހީގެ ގޮތުގައި އެއް ލައްކަ ޑޮލަރު (1.5 މިލިއަން ރުފިޔާ) ވަނީ ދޫކޮށްފައެވެ.

އޭޑީބީން ބުނިގޮތުގައި، އަލަށް ދޫކުރަން ނިންމި ފަސް ލައްކަ ޑޮލަރުގެ އެހީ ދޫކުރީ ސިއްހީ އިމަޖެންސީ ހާލަތްތަކުގައި ބޭނުންވާ ސާމާނާއި ބަލި ދެނެގަތުމަށާއި އައިސީޔޫތަކަށް ބޭނުންވާ ވަސީލަތްތައް ހޯދުމާއި ސިއްހީ ޚިދުމަތްތެރިންނަށް ބޭނުންވާ ރައްކާތެރިކަމުގެ އާލާތްތައް ހޯދުމަށެވެ.

އިތުރު ފަސް ލައްކަ ޑޮލަރުގެ އެހީއެއް އެ ބޭންކުގެ ރާއްޖެއަށް ދެނީ އޭޝިއާ ޕެސިފިކް ޑިޒާސްޓާ ރެސްޕޮންޑް ފަންޑުން ނެވެ.

ވެހި ސަރުކާރާ އެކު އެ ބޭންކުން ގާތުން މަސައްކަތް ކުރަމުންދާ ކަމަށާއި ރާއްޖެއަށް ބޭނުންވާ އެހީތައް ފޯރުކޮށްދެމުންދާ ކަމަށް އޭޑީބީން ނެރުނު ބަޔާނުގައިވެ އެވެ.

ވޯލްޑް ބޭންކުން ވެސް ރާއްޖެ އަށް ވަނީ 10 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. ރާއްޖެއިން އެ ބަލި ހުރި 17 މީހަކު ފެނިފައި ވިޔަސް، އޭގެ ތެރެއިން 11 މީހަކު މިހާރު ވަނީ ރަނގަޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355