twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޑޮކްޓަރަށް ނުދައްކާ ކުރީގެ ބޭސް ސިޓީއަށް ބޭސް ދޫކުރަނީ

Mar 30, 2020

ދިގު މުއްދަތަށް ބޭސްނަގާ މީހުންނަށް މިދުވަސްވަރު އަލުން ޑޮކްޓަރަށް ނުދައްކައި ބޭސް ސިޓީއަށް ބޭސްނެގޭނޭ ގޮތުގެ އުސޫލު ބަދަލުވެއްޖެ އެވެ.

އާސަންދަ ސްކީމްގެ ހިދުމަތް ފޯރުކޮށްދޭ، ހޮސްޕިޓަލެއްގެ ނުވަތަ ކްލިނިކެއްގެ ތެރޭގައި ނުހިމެނޭ ހުރިހާ ފާމަސީއަކުންވެސް މިހިދުމަތް މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން ލިބެން ހުންނާނެ ކަމަށް އާސަންދަ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ މިގޮތަށް ބަދަލު ގެނެސްފައި މިވަނީ ސިއްހީ ހިދުމަތްދޭ ތަންތަނަށް ބަލި މީހުން ދިޔުން ވީހާވެސް މަދު ކުރުމަށ ކަމަށާއި އެގޮތުން މީގެ ކުރިން ބޭސް ނަގާފައިވާ ބޭސް ސިޓީ އަށް އަލުން ޑޮކްޓަރަށް ނުދައްކާ ބޭސް ނެގޭނެ ކަމަށެވެ.

އެގޮތުން އާސަންދަ ހިދުމަތް ފޯރުކޮށްދޭ މަރުކަޒަކުން ބޭސްސިޓީ ލިޔެދީފައިވާ ތާރީހުން ފެށިގެން ތިން މަސްދުވަސްވެފައި ނުވާ އެންމެ ފަހުގެ ބޭސްސިޓީ ހިފައިގެން ފާމަސީއަށް ދިއުމުން ބޭސް ލިބޭނެ ކަމަށާއި ސްކީމްގެ ހިދުމަތްދޭ ބޭރުގެ ހޮސްޕިޓަލަކުން ލިޔެދީފައިވާ ބޭސްސިޓީއެއްނަމަ، ހަ މަސްދުވަސްވެފައި ނުވާ އެންމެ ފަހުގެ ބޭސްސިޓީ ފާމަސީއަށް ގެންދިއުމުން ލިބޭނެ ކަމަށްވެސް ބަޔާނުގައި ވެއެވެ.

ބޭސްސިޓީގައި ހުންނަންވާ ހުރިހާ މައުލޫމާތުތަކެއް ފުރިހަމައަށް ހުންނަން ޖެހޭނެ ކަމަށާއި ބޭސް ނަގަން އަންނަ އިރު ބަލިމީހާގެ އައި.ޑީ.ކާޑު އަދި ބޭސްސިޓީ ގެންނަން ޖެހޭނެ ކަމަށް ވެސް ބަޔާނުގައި ވެއެވެ. އަދި ހުށަހަޅާ ބޭސްސިޓީއަކީ ދިގުމުއްދަތަށް ފަރުވާކުރާ ބައްޔަކަށް ދޫކުރެވިފައިވާ ބޭސްސިޓީއަކަށްވާންޖެހޭނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

މިވަގުތު ހުރި ބޭސް ހުސްވުމުގެ 15 ދުވަސް ކުރިން ފާމަސީތަކަށް ބޭސްހޯދުމަށް ހުށައެޅުމުން ބޭސް ލިބޭނެ ކަމަށާއި ނަމަވެސް

މިފަދަ ބޭސްސިޓީއެއްގައި ކުރިން އެހެންކަމަކަށް އެވަގުތަށް ފަރުވާ ނަގާފައިވާ އެހެނިހެން ބޭސްތައް އަލުން ދުލެއްނުކުރެވޭނެ ކަމަށްވެސް އާސަންދަ ކުންފުނިން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355