twitterviber whatsapp telegramfacebookyoutube instagram
25th December 2025

ދިރާގުން ދަރިވަރުންނާއި ޓީޗަރުންނަށް އެއް މަސް ދުވަހަށް ހިލޭ މޮބައިލް ޑޭޓާ

ޚަދީޖާ އާދަމް
Mar 30, 2020

ދިރާގުން ސްކޫލް ކުދިންނާއި ޓީޗަރުންނަށް އެއް މަސް ދުވަހަށް ހިލޭ މޮބައިލް ޑޭޓާ ލިބޭ ޕެކޭޖެއް ދީފި އެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި ދުވަސްވަރު ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށްފައިވުމުން، ގޭގައި ތިބެގެން، ރިމޯޓް އެޑިއުކޝަންގެ އެކި ވަސީލަތްތައް ބޭނުންކުރުމަށް އިންޓަނެޓްގެ ހިދުމަތް ދަރިވަރުންނާއި ޓީޗަރުންނަށް މިވަނީ ވަރަށް މުހިންމު ވެފައިވާ ކަމަށެވެ.

އެގޮތުން ހިލޭ މޮބައިލް ޑޭޓާ ދޭން ނިންމީ ދިރާގާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންއާ ގުޅިގެން އިންޓަނެޓްގެ ޒަރިއްޔާ އިން ރިމޯޓް އެޑިއުކޭޝަންގެ އެކި ވަސީލަތްތައް ބޭނުންކުރުމަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން ކަމަށް ދިރާގުން މައުލޫމާތު ދެއެވެ..

އެގޮތުން، މިފަދަ ދަނޑިވަޅެއްގައި ދަރިވަރުންގެ ކިޔެވުން މެދުނުކެނޑޭނެ ހެން، ވަރޗުއަލް ކްލާސްރޫމްތަކާއި، އީ-ލަރނިން ފަދަ ރިމޯޓް އެޑިއުކޭޝަންގެ އެކި ވަސީލަތްތަށް ފަސޭހަކަމާއެކު ބޭނުންކުރުން މަގު ފަހިކޮށް ކިޔަވާކުދިންނާއި ޓީޗަރުންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ދިރާގުން ހިލޭ ފޯރުކޮށްދޭ މި 5 ޖީބީ މޮބައިލް ޑޭޓާ ޕެކޭޖް އެއް މަސް ދުވަހަށް ލިބޭނެ ކަމަށްވެސް ދިރާގުން ބުނެއެވެ.

މި ޑޭޓާ ޕެކޭޖް ލިބޭނީ އެޑިއުކޭޝަން މިނިސްޓްރީ އިން ދިރާގަށް ހިއްސާ ކޮށްފައިވާ ދިރާގު ޕޯސްޓްޕެއިޑާއި ޕްރީޕެއިޑް އަދި މަމެން އަދި އެހެނިހެން ދިރާގު މޮބައިލް ހިދުމަތް ގެންގުޅޭ ދަރިވަރުންނާއި ޓީޗަރުންނަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355