twitterviber whatsapp telegramfacebookyoutube instagram
25th March 2026

ނަފްސާނީ ބަލީގެ ބޭސް ސިޓީތައް ފޯނު މެދުވެރިކޮށް އާކޮށްދެނީ

ނަބީލާ އިސްމާޢީލް
Mar 30, 2020

މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ބަލިމަޑުކަން ކޮވިޑް-19 ރާއްޖެއިންވެސް ފެނިފައިވާތީ ނަފްސާނީ ބަލިމީހުންނަށް ފޯނު މެދުވެރިކޮށް ބޭސް ސިޓީ އާ ކޮށްދޭން އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ނިންމައިފިއެވެ.

އައިޖީއެމްއެޗުން މިކަން ހާމަކޮށް މިއަދު ކުރި ޓުވީޓެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން އެ ހޮސްޕިޓަލްއިން ހިންގަމުންދާ ސެންޓާ ފޯ މެންޓަލް ހެލްތުން ފޯނުން ކޮންސަލްޓޭޝަން ދޭން ނިންމާފައިވާ ކަމަށެވެ. އަދި ނަފްސާނީ މައްސަލަތަކަށް ގަވައިދުން ބޭސް ބޭނުންކުރާ މީހުންނަށް ބޭސް ސިޓީތައް ފޯނު ކޮންސަލްޓޭޝަން މެދުވެރިކޮށް އާ ކޮށްދޭނެކަމަށެވެ.

އެކަމުގެ އިތުރު މައުލޫމާތު ހޯދަން 3335245 އަށް ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށް ގުޅުމުން މައުލޫމާތު ލިބޭނެކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ މިދަނޑިވަޅުގައި، ދިގު މުއްދަތަށް ބޭސްކާ މީހުންނަށްވެސް އަލުން ބޭސް ސިޓީ ނަހައްދައި އިތުރު ފާމަސީތަކުން ބޭސް ނެގޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސައިފައެވެ.

މި ވައިރަހަށް ރާއްޖޭން 17 މީހަކު ޕޮޒިޓިވްވެފައި ވާއިރު، 13 މީހުން ވަނީ ރަނގަޅުވެފަ އެވެ. މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން ރާއްޖޭގައި ފަރުވާދެމުން އަންނަނީ، އިނގިރޭސި ވިލާތުން ރާއްޖެއަށް އައި ދެ ދިވެއްސަކަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355