twitterviber whatsapp telegramfacebookyoutube instagram
28th November 2025

ދިވެއްސަކު އަނެއްކާވެސް ޕޮޒިޓިވް ވެއްޖެ

ނަބީލާ އިސްމާޢީލް
Mar 31, 2020

އިނގިރޭސި ވިލާތުން އައިސް ކަރަންޓީން ފެސިލިޓީގައި ހުރި އިތުރު ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދެންމެ ބުނެފި އެވެ.

އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނީ ޕޮޒިޓިވްވީ ކަރަންޓީން ފެސިލިޓީ ރޯޔަލް އައިލެންޑް ރިސޯޓުގައި ބަހައްޓާފައި ހުރި ދިވެއްސެއް ކަމަށެވެ. އެ ކަރަންޓީން ފެސިލިޓީގައި ހުރި އެހެން ދިވެއްސަކު ވެސް މިދިޔަ އާދިއްތަ ދުވަހު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފައި އެވެ. އެއީ ވެސް އިނގިރޭސި ވިލާތުން އައި މީހެކެވެ.

އެ ބައްޔަށް ރާއްޖޭން ތިން ދިވެހިން މިހާތަނަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އެ އެންމެންނަކީ ވެސް އިނގިރޭސިވިލާތުން އެނބުރި އައި މީހުންނެވެ.

ރާއްޖޭގައި ޖުމްލަ 18 މީހަކު މިބައްޔަށް ޕޮޒިޓިވްވެފައިވާއިރު، ތިން ދިވެހިން ފިޔަވައި އޭގެ ތެރޭގައި ހިމެނެނީ ހުސް ބިދޭސީންނެވެ. އެ މީހުންގެ ތެރެއިން މިހާތަނަށް 13 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

މީގެ ކުރިން ޕޮޒިޓިވްވި ދެ ދިވެހިންނާ ކޮންޓެކްޓްވި 34 މީހަކު އެކަހެރިވުމަށް އަންގާފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ދިވެއްސަކު އެންމެ ފުރަތަމަ ފެނުނު ކަމަށް އެޗްޕީއޭ އިން އިއުލާންކުރީ މިދިޔަ ހުކުރު ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355