މަރުކަޒީ ބޭންކް އެމްއެމްއޭއިން ބޭންކް ތަކަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރު ކޮށްފައިވާ ކަމަށް އެމްއެމްއޭ އިން ބުނެފި އެވެ.
މަރުކަޒީ ބޭންކުން ބުނީ އިގްތިސޯދީ ހަރަކާތް ތަކަށް އައި ކުއްލި ބަދަލާއި ގުޅިގެން އާންމުކޮށް ޑޮލަރަށް އޮންނަ ޑިމާންޑަށް ވުރެ މިހާރު ޑޮލަރަށް އޮންނަ ޑިމާންޑް ދަށްވާނެ ކަމަށް ބެލެވޭ ކަމަށާއި ހާއްސަކޮށް ފަތުރުވެރި ކަމަށް ބޭނުންވާ މުދާ އެކަށީގެންވާ މިންވަރަކަށް ދަށްވާނެ ކަމަށް ބެލެވޭ ކަމަށެވެ. އޭގެ ސަބަބުން ވެސް ޑޮލަރުގެ ޑިމާންޑް ދަށް ވާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
ރާއްޖޭގެ އިމްޕޯޓަށް ބޭނުންވާ ވަރަށް ޑޮލަރު ލިބޭނެ ކަމުގެ ޔަގީންކަން އެމްއެމްއޭއިން ވަނީ ދީފައެވެ.
މަރުކަޒީ ބޭންކުން ވަނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ އިގްތިސޯދީ ހާލަތުން އަރައިގަތުމަށްޓަކައި އެމްއެމްއޭއިން ސަރުކާރާއި ބޭންކްތަކާއި މާލީ އިދާރާތަކާއި އަދި ކަމާބެހޭ އެންމެހާ ފަރާތްތައް ގުޅިގެން މަސައްކަތް ތަކެއް ކުރަމުންނެވެ. މިގޮތުން ބޭންކް ތަކުން ލިކުއިޑިޓީ ބޭނުން ޖެހިއްޖެ ހާލަތެއްގައި، އެ އޮތޯރިޓީގައި ބަހައްޓަންޖެހޭ މިނިމަމް ރިޒާވް ރިކުއަޔަމެންޓް ފަސް ޕަސެންޓާ އާ ހަމައަށް ދަށް ކުރަން ވަނީ ނިންމާފަ އެވެ.
އަދި މާލީ އިދާރާ ތަކުން ލިކުއިޑިޓީ ބޭނުންވެއްޖެ ހާލަތެއްގައި އެ އޮތޯރިޓީ އިންކުރު މުއްދަތުގެ ލޯނު ފެސިލިޓީއެއް ދިނުމަށްވެސް ވަނީ ނިންމާފަ އެވެ.
އެމްއެމްއެއޭ އިން ބުނެފައިވާ ގޮތުގައި އެ އޮތޯރިޓީ އާއި ރިޒާވް ބޭންކް އޮފް އިންޑިއާ އާ ދެމެދު ވެފައިވާ 400 މިލިއަން ޔޫއެސް ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން ޔޫއެސް ޑޮލަރު ހޯދާނެ އެވެ.