twitterviber whatsapp telegramfacebookyoutube instagram
26th October 2025

ކޮރޯނާ ޖެހޭ މީހުންގެ އަދަދު ރާއްޖޭގައި އިތުރުވުމުގެ ފުރުސަތު ބޮޑު

ޚަދީޖާ އާދަމް
Mar 31, 2020

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވޭ ކަމަށް ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ބުނެފި އެވެ.

ރާއްޖޭގައި މި ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވޭތީ އެކަމާއި ގުޅޭގޮތުން ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ވަނީ ސަރުކާރަށް ފަންނީ ލަފައާއި ގުޅިގެން މަޝްވަރާ ކުރުމަށްފަހު މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިތުރު އެއް ހަފުތާއަށް ސަރުކާރު ބަންދު ކުރަން ވެސް ނިންމާފަ އެވެ.

ރާއްޖޭގައި ޖުމްލަ 18 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރޭގައި ތިން ދިވެއްސަކު ހިމެނެ އެވެ. އެ ބަލި ޖެހުނު 13 ބިދޭސީން ރަނގަޅުވެފައިވާއިރު ދިވެހި ތިން މީހުނަށް ދަނީ ފަރުވާ ދެމުންނެވެ.

އޭގެ ތެރެއިން އެކަކަށް ބަލި ޖެހިފައިވާކަން އެނގިފައިވަނީ މިއަދު އެވެ. އެ ތިން މީހުންނަކީ ވެސް އިނގިރޭސިވިލާތުން ރާއްޖެ އައި މީހުންނެވެ. އެމީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު ތިބީ ކަރަންޓީން ކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355