twitterviber whatsapp telegramfacebookyoutube instagram
4th May 2024

މިއަދުން ފެށިގެން ކާފިއު އުވާލައިފި

ޚަދީޖާ އާދަމް
Apr 9, 2020

މިއަދުން ފެށިގެން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ކޮންމެ ދުވަހެއްގެ ހަވީރު 5 ން 8 އަށް ހިންގި އެއް ހަފުތާގެ ކާފިއު އުވާލައިފި އެވެ.

ކާފިއު އުވާލިކަން އެންގުމަށް އެޗްފީއޭއިން ކުރި އިއުލާނުގައި ބުނެފައިވަނީ ކާފިއު އުވާލި ނަމަވެސް މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ވެސް އެއް ވަގުތެއްގައި ތިން މީހުންނަށް ވުރެ ގިނައިން މަގުމަތީގައި އުޅުން އަދިވެސް މަނާ ކަމަށެވެ.

އެޗްޕީއޭއިން ނެރުނު އިއުލާން--

ތިން ގަޑިއިރަށް ކާފިއު ހިންގަން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެގޮތުން މިއަދު ކަފިއު މިއަދު 5 ން ފެށިގެން ވަނީ އުވާލާފައެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނެރުއްވި އެ އެންގުމުގައި ވަނީ ކަފިއު އުވާލުމާއެކު މީހުން އެއްތަނަކަށް ޖަމާވުން ހުއްޓުވުމަށާއި ގައިދު ކުރުން އިތުރު ކުރުމަށްޓަކައި މާލޭގެ ލޯކަލް މާރުކޭޓުތަކާއި ސުޕާ މާކެޓްތަކާއި ފިހާރަތަކާއި އޮފީސްތަކާއި ބޭންކުތަކާއި އެހެނިހެން ގޮތްގޮތުން އާންމު ޚިދުމަތްދޭ ތަންތަނުގައި ގައިދު ކުރުމުގެ ރަނގަޅު މިންގަނޑުތައް ހުންނާނެ ގޮތަށް އިންތިޒާމުތައް ހަމަޖެހިފައި ހުންނަން ވާނެ އެވެ.

މާލެ ސަރަހައްދުގައި ކާފިއު އުވައިލި ނަމަވެސް އަންނަ ހަފުތާގައި ވެސް ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތަކާއި ކިޔަވައިދޭ އެހެނިހެން ތަންތަން ބަންދެވެ. އަދި މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހޮނިހިރު ދުވަހާ ހަމައަށް ވަނީ ހުއްޓާލައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355