twitterviber whatsapp telegramfacebookyoutube instagram
20th May 2025

ދަނޑުވެރިކަމަށް މަކުނުދޫއިން ވަގުތީ ބިން ދޫކުރަނީ

Apr 9, 2020

ކޮވިޑް19 އާ ގުޅިގެން ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމުގެ މަގްސަދުގައި ވަގުތީ ދަނޑުބިންތަކެއް ދޫކުރުމަށް ހދ. މަކުނުދޫ ކައުންސިލުން ނިންމައިފި އެވެ.

އެކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ބިންތައް ދޫކުރާނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކަމަށާއި، ބިންތަކުން އެއްވެސް ކުއްޔެއް ނުނަގާނެ ކަމަށެވެ.

އެގޮތުން އެރަށު ޓްރެކް ދަނޑެއް ހެދުމަށް ބިން ސާފުކޮށްފައިވާ ސަރަހައްދާއި އުތުރު ފުޓުބޯޅަ ދަނޑުގައި ކުޅުމަށް ބޭނުން ނުކޮށް އޮތް ސަރަހައްދާއި، އަލަށް ދޫކުރި ގޯތިތަކާ ދެމެދުގައި އޮތް ހުސް ސަރަހައްދުތަކާއި، އެ ނޫނަސް އާންމު ގޯތިތަކާއި އިންވެގެން ހުރި ކަންކުތި ހުސް ބިންތަކުގައި ދަނޑުވެރިކަން ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

ކޮންމެ ގޭބިސީއަކަށް ދޫކުރާނީ ގިނަވެގެން އެއް ބިން ކަމަށާއި އެ ބިންތަކުގައި ހެއްދޭނީ ބިންބި، ދޮނަޅަ، ޒުވާރި، ކަރާ، ބަރަބޯ، ބަޓާނާ، ޗިޗަންޑާ، ތޮރާ، ފުފޫ، ކިއުކަންބާ، ޓޮމާޓޯ، ބަށި، ބީންސް، ކެބެޖް، ކެރެޓް، ކައްޓަލަ، އަލުވި، ދަނޑިއަލުވި، ބީޓްރޫޓް، ފަޅޯ، އަލަނާސި، އާއި ވެލަށްދެމޭ ޒާތުގެ ތަރުކާރީ އާއި މޭވާގެ ބާވަތްތަކެވެ.

އަދި ގޭބިސީއެއް ނިސްބަތްވާ ފަރާތެއްގެ ނަމުގައި މަކުނުދޫގައި، އިމާރާތެއް ނުކޮށް ހުރި ގެވަޅެއް އޮތް ނަމަ އެ ގޭބިސީއަކަށް ދަނޑުބިމެއް ދޫނުކުރާނެ ކަމަށްވެސް އިއުލާނުގައި ބުނެފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355