twitterviber whatsapp telegramfacebookyoutube instagram
25th April 2024

އެންޒީ "ވަރަށް ފައްކާ" ޕްރޮމޯޝަންގެ ފުރަތަމަ ބުރުގެ ގުރުއަތުލުން ބާއްވައިފި

ނަބީލާ އިސްމާޢީލް
Apr 13, 2020

އެންޒީ އިން "ވަރަށް ފައްކާ" ނަމުގައި ކުރިއަށް ގެންދާ ޕްރޮމޯޝަންގެ ފުރަތަމަ ގުރުއަތުލުން ބާއްވައިފިއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ "އެންޒީ ވަރަށް ފައްކާ މަސްދަޅު ޕްރޮމޯޝަންގެ" މާޗުމަހުގެ ގުރުއަތުލުން ނަގައި ނަސީބުވެރިންނަށް އަންގާފައިވާނެ ކަމަށް އެންޒީ އިން ބުނެފި އެވެ.

ކޮންމެ މަހަކު ގުރުއަތު ނެގުމަށްފަހު ފައިސާގެ އިނާމުގެ ގޮތުގައި 1،000ރ ،5،000ރ،10،000ރ ނަސީބުވެރި 3 ފަރާތަކަށް ލިބިގެންދާނެ ކަމަށް އެންޒީއިން ބުންޏެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް އެންޒީ މަސްދަޅުގެ ލޭބަލް ދަޅުން ނައްޓާލާ، ލޭބަލްގެ ފަހަތުގައިވާ ސީރިއަލް ނަމްބަރު 5040 ކަށް މެސެޖު ކުރުމުން ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ. ޖުލައި މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި އެސްއެމްއެސް ކުރާ ހުރިހާ ފަރާތްތަކުގެ މެދުގައި ގްރޭންޑް ލަކީޑްރޯ އެއް ބާއްވާ ނަސީބުވެރި ތިން ފަރާތެއް ހޮވާނެއެވެ. ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ އާއި 50،000 ރުފިޔާ އަދި 30،000 ރުފިޔާގެ ފައިސާގެ އިނާމު ދޭނެއެވެ.

ކޮވިޑް ގެ ސަބަބުން އިގްތިސޯދަށް ހީނަރުކަން އައިސްފައިވާ މި ދަނޑިވަޅުގައި އެންޒީ އިން ވަނީ އެ ކުންފުނިން ވިއްކާ މަސްދަޅުގެ އަގު ހެޔޮކޮށްފައެވެ. ކުރިއަށް އޮތް ރޯދަ މަހާވެސް ގުޅުވައިގެން ގެނައި މި ބަދަލާއެކު އެންޒީގެ ތެޔޮ މަސްދަޅެއް 12 ރުފިޔާ އަށް އަދި ފެންމަސްދަޅެއް 11.50 ރުފިޔާ އަށް ލިބޭނެއެވެ. ކޭހުން ގަންނަ ނަމަ، ތެޔޮ މަސްދަޅު ކޭހެއް 555 ރުފިޔާ އަށް އަދި ފެން މަސް ކޭހެއް 530 ރުފިޔާ އަށް ލިބޭނެއެވެ.

އެންޒީ އިން ދަނީ ދަޅުމަސްކޭސް ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތްވެސް ދެމުންނެވެ. އެގޮތުން މާލޭގެ ކަސްޓަމަރެއްނަމަ 7248899 އަށް އަދި ހުޅުމާލޭން ނަމަ 7258899 އަށް ގުޅައިގެން ހެނދުނު 08:30 އާއި ހަވީރު 04:00 ދެމެދު އޯޑަރު ދިނުމުން ޑެލިވާ ކޮށްދޭނެ ކަމަށް އެންޒީން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355