twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޑޮކްޓަރުގެ އޯޕީޑީ އިތުރުކޮށްފި

ނަބީލާ އިސްމާޢީލް
Apr 14, 2020

އުތުރުގެ މައި ހޮސްޕިޓަލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރުގެ އޯޕީޑީ އިތުރުކޮށްފި އެވެ. ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން މީގެ ކުރިންވެސް ވަނީ ކުޅުދުއްފުށީ ރީޖަލަނަލް ހޮސްޕިޓަލުގެ ޑޮކްޓަރުގެ އޯޕީޑީއަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން އޭރު ވަނީ ޑޮކްޓަރުން ބަލާ ދުވަސްތަކާ ވަގުތުތައް ވަރަށް ބޮޑުތަނުން ކުޑަކޮށްފަ އެވެ.

ނަމަވެސް މި ހަފްތާއިން ފެށިގެން އަނެއްކާވެސް މިވަނީ ޑޮކްޓަރުންގެ އޯފީޑީގެ ދުވަސްތައް އިތުރުކޮށްފަ އެވެ. މީގެ ކުރިން ދުވާލަކު 4 ޑޮކްޓަރުން ނުވަތަ 5 ޑޮކްޓަރުން ބައްލަވާ ގޮތަށް ހަމަޖެހިފަ އޮތް އޮތުން މިވަނީ ބަދަލުކޮށްފަ އެވެ.

އެހެން ކަމުން މި ހަފްތާ ކޮންމެ ދުވަހަކު ހާއްސަ ބަލިތަކުގެ 4 ނޫނީ 6 ޑޮކްޓަރުން ބައްލަވާގޮތަށް ވަނީ ހަމަޖެހިފަ އެވެ. މިދިޔަ ހަފްތާ އާއި އަޅާ ބަލާއިރު އިތުރު ކޮށްފައި މިވަނީ ލޮލުގެ ހާއްސަ ޑޮކްޓަރު، ސްކޭން ޑޮކްޓަރު، އެތެރެ ހަށީގެ ޑޮކްޓަރު އަންހެނުންގެ ހާއްސަ ޑޮކްޓަރުން ނެވެ.

އެގޮތުން މި ހަފްތާގެ ޑޮކްޓަރުގެ އޯޕީޑީއަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރެއިން މިއަދު އޯޕީޑިގައި ތިއްބަވާ ހާއްސަ ބަލިތަކުގެ ޑޮކްޓަރުންނަކީ އަންހެނުންގެ ޑޮކްޓަރު، ނާރުގެ ޑޮކްޓަރު، ސްކޭން ޑޮކްޓަރުގެ އިތުރުން ހަމުގެ ބަލިތަކުގެ ޑޮކްޓަރު އަދި ލޮލުގެ ޑޮކްޓަރެވެ. މާދަމާ ތިއްބަވަން ހަމަޖެހިފަ ވަނީ އެތެރެ ހަށީގެ ޑޮކްޓަރު، ލޮލުގެ ޑޮކްޓަރު، އަންހެނުންގެ ޑޮކްޓަރުގެ އިތުރުން ދަތުގެ ޑޮކްޓަރު އަދި ސްކޭން ޑޮކްޓަރެކެވެ.

އަދި ބުރާސްފަތި ދުވަހު އޯޕީޑީގައި ތިއްބަވާނީ އަންހެނުންގެ ޑޮކްޓަރު، އެތެރެހަށީގެ ޑޮކްޓަރު، އޮޕަރޭޝަން ޑޮކްޓަރު، ކަރުންމަތީގެ ޑޮކްޓަރުގެ އިތުރުން ކުޑަކުދިންގެ ޑޮކްޓަރު، އަދި ހަމުގެ ޑޮކްޓަރެކެވެ. ހޮނިހިރު ދުވަހުގެ ތާވަލަށް ބަލާއިރު އެދުވަހު ތިއްބަވާގޮތަށް ހަމަޖައްސާފައިވަނީ އަންހެނުންގެ ޑޮކްޓަރު، ނާރުގެ ޑޮކްޓަރު، އިތުރުން ސްކޭން ޑޮކްޓަރުގެ އަދި ހަމުގެ ބަލިތަކުގެ ޑޮކްޓަރު އެކެވެ.

އެ ހޮސްޕިޓަލުން ބުނީ އެތެރެހަށީގެ ހާއްސަ ޑޮކްޓަރު މުހައްމަދު ނަޒީފް އައިޖީއެމްއެޗުގައި ޓްރެއިނިން އެއް ފުރިހަމަ ކުރައްވަމުން ގެންދަވާތީ ކުރިއަށް އޮތް ދެ ހަފްތާވެސް އެ ޑޮކްޓަރު ބެއްލެވުމަށް ހަމަޖެހިފައިނުވާ ކަމަށެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ސިއްހީ ހިދުމަތްދޭ ތަންތަނަށް ކޮންމެހެން ދާން ޖެހިގެން ނޫނީ ނުދިއުމަށް ކަމާއި ބެހޭ ފަރާތްތަކާއި ސިއްހީ މާހިރުންދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355