twitterviber whatsapp telegramfacebookyoutube instagram
7th December 2025

ޕޮޒިޓިވްވި އިތުރު ދެ ދިވެއްސަކު ރަނގަޅުވެއްޖެ

Apr 14, 2020

އެންބުރި ރާއްޖެ އައިސް ކަރަންޓީން ފެސިލިޓީގައި ހުއްޓާ ކޮވިޑް-19 ގެ އަލާމާތް ތަކެއް ފެނިގެން ހެދި ޓެސްޓުތަކުން އެ ބައްޔަށް ޕޮޒިޓިވްވި އިތުރު ދެ ދިވެއްސަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިރޭ ބުނީ ކޮރޯނާ އަށް ޕޮޒިޓިވް ވެގެން ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި ފަރުވާދެމުންދިޔަ ދެ ދިވެއްސަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އަދި އެދެމީހުންގެ ޓެސްޓު ޑަބަލް ނެގެޓިވް ވުމުން ދެ މީހުން ބަލިން ރަނގަޅުވެފައިވާކަމަށް ވަނީ ނިންމިފަ ކަމަށެވެ.

ރާއްޖެއިން ޖުމްލަ ފަސް ދިވެއްސަކު މިހާތަނަށް ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، ތިން ދިވެއްސަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ފަރުވާ ދެމުންދަނީ ދެ ދިވެއްސަކަށެވެ.

ކޮވިޑް ބައްޔަށް ޕޮޒިޓިވް ވެފައިވަނީ އިނގިރޭސިވިލާތުން އެނބުރި އައި ހަތަރު ދިވެއްސަކާއި ފިލިޕީންސް އިން އައި ދިވެއްސެކެވެ.

މިހާތަނަށް ޖުމްލަ 20 މީހަކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، ދެ މީހަކު ވަނީ ރާއްޖެއިން ބޭރަށް ގޮސްފައެވެ.

މި ނުރައްކާތެރި ބަލިގެ ބިރު ރާއްޖެއަށްވެސް ކުރިމަތިވެފައިވާއިރު މިއީ އެހާ ކުޑަ ކަމެއްކަމަށް ދެކިގެން ފަރުވާކުޑަކޮށްލައިފިނަމަ ރާއްޖޭގެ ހާލަތު ވަރަށް ނުރައްކާތެރި ހިސާބަކަށް ގޮސްފާނެ ބަލިމަޑުކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355