twitterviber whatsapp telegramfacebookyoutube instagram
1st July 2025

ރާއްޖެއަށް ބަގްލަދޭޝްއިން 100 ޓަނުގެ ހިލޭ އެހީ

ޚަދީޖާ އާދަމް
Apr 15, 2020

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބަގްލަދޭޝްއިން 100 ޓަނުގެ ހިލޭއެހީ ފޮނުވުމަށް ނިންމައިފި އެވެ. އެހީގެ ގޮތުގައި ހަދިޔާކޮށްފައިވަނީ ކާޑުގެ ބާވަތްތަކާ ބޭހާއި މެޑިކަލް އިކުއިޕްމަންޓްސްއެވެ.

އެހީގެ މި ޝިޕްމަންޓް ހިފައިގެން ބަންގްލަދޭޝްގެ ނޭވީގެ މަނަވަރެއް ރާއްޖެއަށް އައުމަށް މިއަދު ވަނީ ފުރާފައެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ބަންގްލަދޭޝްއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީގެ ތެރޭގައި ކާޑުގެ ބާވަތްތަކާއި، ރާއްޖޭގައި ކެއުުމަށް އާއްމުކޮށް ބޭނުންކުރާ މޭވާ އަދި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން ބޭހުގެ ބާވަތްތައް ހިމެނޭ ކަމަށެވެ.

އަދި ކޮވިޑް-19 އާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ބޭނުންކުރެވޭ ބައެއް މެޑިކަލް އިކުއިޕްމަންޓްސްވެސް ބަންގްލަދޭޝްއިން ރާއްޖެއަށް ހަދިޔާކުރާ ކަމަށާއި މި އެހީގެ ޖުމްލަ ބަރުދަން 100 ޓަނަށް އަރާކަމަށްވެސް އެ މިނިސްޓރީން ބުންޏެވެ.

އަދި ކޮވިޑް-19 އާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ބޭނުންކުރެވޭ ބައެއް މެޑިކަލް އިކުއިޕްމަންޓްސްވެސް ބަންގްލަދޭޝްއިން ރާއްޖެއަށް ހަދިޔާކުރާ ކަމަށެވެ. މި އެހީގެ ޖުމްލަ ބަރުދަން 100 ޓަނަށް އަރައެވެ.

މިފަދަ ދަނޑިވަޅެއްގައި ބަންގްލަދޭޝްއިން ފޯރުކޮށްދޭ މި އެހީތެރިކަމަށް ދިވެހި ސަރުކާރުން ވަނީ ޝުކުރު އަދާކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355