twitterviber whatsapp telegramfacebookyoutube instagram
20th October 2025

ޓެލިކްލާސްތައް ވަގުތީ ގޮތުން މެދުކަނޑާލައިފި

Apr 16, 2020

ސްކޫލްތައް ބަންދު ކުރުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ދަރިވަރުންނަށް އަމާޒުކޮށް ކުރިއަށްގެންދާ "ޓެލިކްލާސް" ތައް ޓެލެކްލާސްތައް ވަގުތީގޮތުން ހުއްޓާލައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އިއްޔެ މެންދުރުފަހުން ފެށިގެން 24 ގަޑިއިރުގެ މުއްދަތަކަށް މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި ވާތީ މިއަދުން ފެށިގެން ވަކި ގޮތެއް އަންގަން ދެން ޓެލިކިލާސްތައް މެދުކަނޑާލާފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލައިފައި އޮންނަތާ މިހާރު މަހެއްވާން ވަނީ ކައިރިވެފައެވެ. އޭގެ ފަހުން އަންނަނީ ޓީވީތައް މެދުވެރިކޮށް ހުރިހާ ގްރޭޑްތަކަަށް ޓެލެކްލާސްތައް ކުރިއަށް ގެންދަމުންނެވެ.

ޓެލެކްލާސްތައް ދާދި ފަހުން ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ އިންޓަނެޓް ޑިޖިޓަލް ޕޯޓަލް "ފިލާ" އިންވެސް ގެނެސްދޭން ފަށައިފައެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ފެނުމުން މުޅި މާލެ ސަރަހައްދު ވަނީ 24 ގަޑިއިރަށް ލޮކްޑައުންކޮށްފަ އެވެ. މި ހާލަތުގައި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރެވެމުންދާއިރު، އޭނާއާ ކޮންޓެކްޓްވި އިތުރު ދެ މިހާކު ވެސް ވަނީ ޕޮޒިޓިވް ވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355