twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފިޔަވަޅުތައް ވަރުގަދަކޮށްފި

Apr 16, 2020
2

ކޮވިޑް-19 އާ ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ދެމުންދާ ހިދުމަތްކަށާއި އުސޫލުތަކަށް ބަދަލުގެނެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފި އެވެ.

ކޭއާރުއެޗުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ކޮވިޑް-19 ބަލި ފެތުރުމުގެ ބިރު ބޮޑުވެފައި ވާތީ ކުޅުދުއްފުށީގައި އުފައްދާފައިވާ ކޮވިޑް-19 ގެ ޓާސްކް ފޯސް އަދި ސިއްހީ ހިދުމަތްތެރިންގެ ލަފަޔާއި އިރުޝާދުގެ މަތިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ދަނީ ފިޔަވަޅުތަކެއް އަޅަމުންކަމަށެވެ.

ހޮސްޕިޓަލުން އަޅާފައިވާ ބައެއް ފިޔަވަޅުތައް:

1. ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ތިބޭ ބަލިމީހުންގެ ކައިރީގައި 1 (އެކެއް) އެހީތެރިޔަކަށް ވުރެ ގިނައިން އެއް ވަގުތެއްގައި ނުތިބެވޭނެ ގޮތަށް ހަމަޖެއްސުން.
2. އެޑްމިޓް ކޮށްފައި ތިބޭ ބަލިމީހުންގެ ކައިރިއަށް ފާސް ނުލައި ނުވަދެވޭނެ ގޮތަށް ހަމަޖެއްސުން.
3. ހޮސްޕިޓަލަށް އަންނަ މީހުންނާއި ސުވާލުކޮށް، ކޮންމެހެން ހޮސްޕިޓަލުގެ ހިދުމަތް ހޯދަން ޖެހޭ މީހުން ނުވަތަ އެހީތެރިން ފިޔަވައި އެހެން މީހުން ފޮނުވާލުން. (ހޮސްޕިޓަލަށް ދައްކަން ދުރުވާއިރު ބައެއް ފަރާތްތަކުން އާއިލާގެ ގިނަ ބަޔަކާއެކު އަންނަމުން ދާތީވެ، ވީހާވެސް މަދު މީހުންނާއެކު ނުވަތަ އެކަނި އާދެވޭ ފަދަ ހާލަތްތަކުގައި އެހީތެރިޔަކާއި ނުލައި ހޮސްޕިޓަލަށް އައުމަކީ އަޅުގަނޑުމެންގެ އެދުމެކެވެ.)
4. ހޮސްޕިޓަލަށް ވަދެނިކުމެވޭނެ ހަމައެކަނި ދޮރަކީ ހޮސްޕިޓަލުގެ އިރުމަތީ ފަރާތު ޕޯޓިކޯއާއި ދިމާގައިވާ ދޮރު ކަމުގައި ކަނޑައެޅުން.
5. ހޮސްޕިޓަލުގެ އޯޕީޑީތައް މަދުކޮށް ޓެލެފޯން ކޮންސަލްޓޭޝަން ހެދުމަށް މަސައްކަތް ކުރުން
6. ފުލޫ ކުލިނިކުން ބަލަމުން ގެންދާ ވަގުތު 09:00-22:00 އަށް އިތުރުކޮށް ހުމާއި ރޯގާގެ އަލާމާތެއް ހުރި ހުރިހާ ފަރާތްތަކެއް (ހަތަރު ދުވަހަށްވުރެ އިތުރު ވިޔަސް) ފުލޫ ކުލިނިކުން ބަލާ ގޮތަށް ހަމަޖެއްސުން
7. ފާއިތުވެދިޔަ 14 ދުވަހުގައި ދަތުރުފަތުރުގެ ކޮށްފައި ހުރެފައިވުމާއެކު ހުމާއި ރޯގާގެ އަލާމާތްތައް ހުރެއްޖެނަމަ ހޮސްޕިޓަލަށް އައުމުގެ ކުރިން އަޅުގަނޑުމެންގެ ހޮޓްލައިން (7606688) އާއި ގުޅުއްވުން އެދެން. (އަމިއްލައަށް އެހެން މީހުން ނުރައްކަލަށް ހުށަހެޅިދާނެ ފަދަ ހާލަތެއް މެދުވެރިވާ ކަމަށް ޤަބޫލުފުޅު ކުރެއްވޭނަމަ ލަސް ނުކުރައްވާ އަޅުގަނޑުމެންގެ އިރުޝާދު ހޯދުމަށް ނަސޭހަތް ތެރިވަމެވެ.)

އިއުލާނުގައި ބުނެފައިވަނީ މި ދަނޑިވަޅުގައި ރައްޔިތުންގެ ފަރާތުން އެދެނީ ޓާސްކް ފޯސް ފަރާތުން އަޅަމުންގެންދާ ފިޔަވަޅުތަކަށް އެއްބާރުލުން ދީ، ގެއިން ބޭރަށް ނުނިކުމެ ގޭގައި މަޑުކޮށްދިނުމަށް ކަމަށެވެ.

އަދި ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކުރަން ޖެހޭ އެންމެ މުހިއްމު ކަމަކީ ފަރުދީ ޒިންމާ އަދާކުރުމެވެ. އެގޮތުން ގެއިން ބޭރަށް ނުނިކުމެ ގޭގައި މަޑުކުރުމާއި، އިޖްތިމާޢީ ގައިދުރުކަން ބެހެއްޓުމާއި، އަމިއްލަ އަދި ގޭތެރޭގެ ސާފުތާހިރުކަން ބެހެއްޓުން ފަދަ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ޓާސްކް ފޯސްއިން ދަނީ ވަރަށް ބޮޑު އިލްތިމާސްކުރަމުންނެވެ.

"މި ހައްސާސީ ދަނޑިވަޅުގައި މައުލޫމާތާއި ހިޔާލު ފާޅުކުރުމުގައި ފިތުނަވެރިކަމާއި އިތުރު މައްސަލަތައް ކުރިމަތި ނުވާނެ ފަދަ ގޮތަކަށް ބެހެއްޓުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އިލްތިމާސްއެކެވެ. އަދި ސިއްހީ ހިދުމަތްތެރީން ދެމުން ގެންދާ އިރުޝާދުތަކަށް ކަމޭހިތައި ބޯލެނބުމަށްވެސް ނަސޭހަތްތެރިވަމެވެ." ކޭއާރުއެޗުގެ އިއުލާނުގައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355