ކޮވިޑް-19އަށް މާލެއިން ޕޮޒިޓިވްވި މީހުން މަދު ދުވަސްތަކެއްގެ ތެރޭގައި 200 އަށް ވުރެ ގިނަ މީހުންނާ ސީދާ ބައްދަލުވެފައިވާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)އިން މިއަދު ބުނެފި އެވެ.
އޭގެ ތެރޭގައި ހައި ރިސްކު ކޮންޓެކްޓްސްގެ ގޮތުގައި 75 މީހުން، މީޑިއަމް ރިސްކުގެ 43 އަދި ލޯ ރިސްކުގެ ގޮތުގައި 89 މީހަކު މިހާތަނަށް ދެނެގަނެވިފައިވާ ންއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައިރަހާގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒް ވިދާޅުވެފަ އެވެ.
މަބުރޫކު ވިދާޅުވި ގޮތުގައި މާލެއިން އެންމެ ފުރަތަމަ ޕޮޒިޓިވްވި އަންހެންމީހާ އާއި އޭނާގެ ތުއްތު ދަރިފުޅާ ސީދާ ގޮތުން ބައްދަލުވި ޖުމްލަ މީހުންގެ އަދަދު މިހާތަނަށް 207 އަށް އަރާފައިވާ ކަމަށެވެ.
އޭގެ އިތުރުން، އެ އަންހެން މީހާއާ ޑައިރެކްޓު ކޮންޓެކްޓުވެގެން ބައްޔަށް ޕޮޒިޓިވްވި މީހާއާ ސީދާ ބައްދަލުވި އިތުރު 35 މީހަކު ދެނެގަނެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމުގެ ސަބަބުން ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށްވެސް އެންއޯސީން ބުނެފައިވެއެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ އިބްރާހިމް އަފްޒަލް ވިދާޅުވީ މާލެއިން ފެނުނު ކޭސްތަކުން ހުރިހާ ރައްޔިތުންވެސް ފިލާވަޅުތަކެއް ދަސްކުރަންޖެހޭ ކަމަށާއި ސިއްހީ މާހިރުން ކެނޑެނޭޅި ދެމުންދިއަ އިރުޝާދުތަކަށް ބޯނުލެނބުމުގެ ނަތީޖާ މިކަމުން ސާފުވެގެންގޮސްފައިވާކަމަށެވެ.