twitterviber whatsapp telegramfacebookyoutube instagram
1st August 2026

ކަރަންޓީނުގައި ތިބި 69 މީހަކު ދޫކޮށްލަނީ

Apr 16, 2020

މިވަގުތު ކަރަންޓީންގައި ތިބި މީހުންގެ ތެރެއިން 69 މީހަކު މިއަދު ދޫކޮށްލަން ނިންމާފަވާކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) އިން ބުނެފި އެވެ.

އެންއައިއޯސީ އިން ބުނީ މިއަދު ދޫކޮށްލުމަށް ހަމަޖެހިފައިވަނީ ތިން ކަރަންޓީން ފެސިލިޓީއެއްގައި ތިބި ބައެއް ކަަމަށެވެ. އެއީ އެރިޔަދޫ ކަރަންޓީން ފެސިލިޓީއާ ރޯޔަލް އައިލެންޑް އަދި ފަން އައިލެންޑް ކަރަންޓީން ފެސިލިޓީގައި ތިބި ބައެކެވެ.

މިހާރު ކަރަންޓީން ފެސިލިޓީތަކުގައި ތިބީ 985 މީހުންނެވެ. އައިސޮލޭޝަންގައި 31 މީހުން އެބަ ތިއްބެވެ.

ކަރަންޓީން ކުރާ މީހުން ދޫކޮށްލަނީ 14 ދުވަހުގެ މުއްދަތަށް ކަރަންޓީންގައި ބޭތިއްބެވުމަށްފަހު ދެ ސާމްޕަލް ނަގާ ޓެސްޓް ކުރުމަށްފަހު ނެގެޓިވްވުމުންނެވެ.

އިއްޔެ މާލެއިންވެސް ވަނީ ކޮވިޑަށް ތިން މީހުން ޕޮޒިޓިވްވެފައެވެ. މިހާތަނަށް ރާއްޖެއިން 23 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 16 މީހުން ވަނީ ރަނގަޅުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355