twitterviber whatsapp telegramfacebookyoutube instagram
13th January 2026

މަސްދޯނި ފަހަރަށް މަހަށް ދިއުމުގެ ހުއްދަ ދީފި

ޚަދީޖާ އާދަމް
Apr 17, 2020

ޒަރޫރީ ބޭނުމެއްގައި މެނުވީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުމަށް އެންގިނަމަވެސް މަސް ދޯނިފަހަރުގައި މަހަށް ފުރުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ބުނެފިއެވެ.

މިއަދު އެ މިނިސްޓްރީން ކޮށްފައިވަނީ ޓްވީޓެއްގައި ބުނެފައިވަނީ ބުނެފައިވަނީ މަސްވެރިން މަހަށް ފުރުމާއި ގުޅޭގޮތުން ހެލްތް ޕޮރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ކަމާބެހޭ ގުޅޭ އިތުރު ފަރާތްތަކުން އިތުރު ތަފްސީލް ފޯރު ކޮށްދެއްވާނެ ކަމަށެވެ. އަދި އެފަރާތްތަކުގެ އިރުސާދާ އެއްގޮތަށް އަމަލު ކުރުމަށް ވަނީ އިލްމާސްކޮށްފަ އެވެ.

މީގެ އިތުރުން މިޙާލަތުގައި މަސްދޯނިފަހަރު މަސް ކިރުވުމަށް ބަނދަރުކުރާ ރަށަށް މަސްވެރިން ނުފޭބުމަކީ ލާޒިމުކަމެއްކަމަށާއި އަދި އެއުޅަނދެއް ނިސްބަތްވާ ރަށަށް މަސް ދަތުރު ނިންމުމަށްފަހު ދަތުރުކުރުމަކީ ލާޒިމުކަމެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

މާލެއިން ކޮވިޑް-19 ވައިރަސް އަށް ގިނަ ބަޔަކު ޕޮޒިޓިވް ވަމުން ދިއުމާއި ގުޅިގެން ހުކުރު ދުވަހު އެޗްޕީއޭ އިން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ.

މިހާތަނަށް ކޮވިޑް-19 އަށް މާލެއިން ވަނީ 7 މީހަކު ޕޮޒިޓިވް ވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355