twitterviber whatsapp telegramfacebookyoutube instagram
24th August 2025

ވައިރަހަށް އިތުރު މީހުން ޕޮޒިޓިވްވާނެކަމަށް ބެލެވޭ: އަމީން

ޚަދީޖާ އާދަމް
Apr 17, 2020

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް 27 މީހުން ޕޮޒިޓިވް ވެފައިވާއިރު އަދިވެސް އިތުރު މީހުން އެ ބައްޔަށް ޕޮޒިޓިވް ވާނެކަމަށް މިހާރު ލަފާ ކުރެވޭކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން މިނިސްޓަރ އަމީން ވިދާޅުވީ އަދިވެސް ލަފާ ކުރަނީ އިތުރު ކޭސްތައް ޕޮޒިޓިވް ވާނެ ކަމަށެވެ.

މިދިޔަ ބުދަ ދުވަހު، ފުރަތަމަ ފަހަރަށް މާލޭން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވި ފަހުން އެ ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން މާލޭއިން މިހާތަނަށް 7 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

މިހާރު މި އޮތީ މުޖުތަމައަށް މިބަލި ފެތުރެން ފަށާފައި ކަމަށާއި ދެން އެންމެ އިސްކަން ދޭންޖެހޭ ކަމަކީ ބާރު ސްޕީޑްގައި ބަލި ފެތުރުން ހުއްޓުމަކަށް ގެނައުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355