twitterviber whatsapp telegramfacebookyoutube instagram
9th May 2024

14 ދުވަހަށް ލޮކްޑައުން ދަންމައިފި

Apr 17, 2020

މާލެ ސަރަހައްދުގައި މިދިޔަ ދުވަހު އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރު 14 ދުވަހަށް ދަންމަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިއަދު ނިންމަވައިފި އެވެ.

މި ނިންމެވުމާ އެކު، އަންނަ މަހުގެ 1 އާ ހަމައަށް މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ އޮންނަނީ ލޮކްޑައުންގަ އެވެ. އަދި ތިލަފުއްޓާއި ގުޅީފަޅަށް އެ މުއްދަތުގައި އަރައިފޭބުން މަނާވާނެ އެވެ.

މާލެ އިން ވައިރަހަށް ހަތް މީހަކު ޕޮޒިޓިވް ވެފައިވާއިރު އެޗްޕީއޭއިން ކުރި އިއުލާނެއް ބުނީ ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުމާއި މަގުމައްޗާއި އާއްމު ތަންތަނަށް މީހުން ނިކުތުމަކީ މަނާ ކަމެއް ކަމަށެވެ.

މާލެ ސަރަހައްދުގައި ޕަބްލިކް ޓްރާންސްޕޯޓް ވެސް ކުރިއަށް އޮތް 14 ދުވަހު ހުއްޓާލުމަށް ވަނީ އަންގައިފަ އެވެ.

އެ ފިޔަވަޅުތަކުން އިސްތިސްނާވާ ފަރާތްތައް

- ސިފައިންނާއި ފުލުހުން

- ސިއްހީ ހިދުމަތްދޭ ތަންތަނުގެ މުވައްޒަފުންނާއި އެ މީހުން ދުއްވާ އުޅަނދު ފަހަރު

- އެމްބިއުލާންސް

- ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓާ (އެންއީއޯސީ) ގެ ފާސް ލިބިފައިވާ ފަރާތްތައް

- އެންއީއޯސީގެ ފާސް ލިބިފައިވާ މީޑިއާތައް

- ފުލުހުން ހުއްދަ ދޭ ފަރާތްތައް

މުޅި މާލެ ލޮކްޑައުންއަކަށް ގެނައީ މިދިޔަ ބުދަ ދުވަހު މާލޭން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުންނެވެ. އޭނާއާ އެކު މާލޭން ހަތް މީހަކު ވަނީ އެ ނުރައްކާތެރި ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އަދި އެމީހުންނާ އެތައް ސަތޭކަ ބަޔަކު ވަނީ ކޮންޓެކްޓް ވެފަ އެވެ.

ރާއްޖެ އިން މިހާތަނަށް މި ވަނީ 27 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355