- ހުއްދަދޭނީ ޒަރޫރީ ބޭނުންތަކަށް އަންނަ ފަރާތްތަކަށް އެކަނި
- ހުއްދަ ނުނަގަ އަތުވެއްޖެނަމަ އެ އުޅަނދެއް އަނބުރާ ފޮނުވާލެވޭނެ
މިއަދު 18:00 އިން ފެށިގެން ޒަރޫރީ ބޭނުންތަކުގައި ފިޔަވައި ކުޅުދުއްފުށިން ލަފާ ފުރުން މަނާ ކުރެވޭނެ ކަމަށާއި އަދި ޒަރޫރީ ބޭނުމެއްގައި އަންނަނަމަ ކުޅުދުއްފުށީ ސޯޝަލް ސަޕޯޓް ޑެސްކްއަށް އެންގުމަށް ޓާސްކް ފޯސް އިން ބުނެފި އެވެ.
ކުޅުދުއްފުށީގެ ސޯޝަލް ސަޕޯޓް ޑެސްކްގެ ނަމްބަރަކީ 6527173 އެކެވެ. އެ ނަމްބަރަށް ގުޅައި ކުޅުދުއްފުއްޓަށް އަންނަ ބޭނުމާއި އަންނަ މީހުންގެ އަދަދާއި މައުލޫމާތު އެ ރަށެއްގެ ސޯޝަލް ސަޕޯޓް ޑެސްކު މެދުވެރިކޮށް އަންގަން ޖެހޭނެ އެވެ. މިގޮތަށް އަމަލު ނުކޮށްފިނަމަ އެ އުޅަނދެއް އަނބުރާ ފޮނުވާ ލެވޭނެކަމަށް ކުޅުދުއްފުށި ޓާސްކް ފޯސްއިން ބުނެ އެވެ.
ސޯޝަލް ސަޕޯޓް ޑެސްކު ޤާއިމު ކުރެވި 24 ގަޑިއިރު ސޯޝަލް ސަޕޯޓް ޑެސްކުން ހިދުމަތް ލިބޭނޭ އިންތިޒާމު ހަމަޖައްސެމާއި ބަނދަރުގައި ސެކުއިރިޓީ ޑެސްކު ޤާއިމުކޮށް 24 ގަޑިއިރު ފޯރި މަރަށްވެސް ޓާސްކް ފޯސްއިން ވަނީ ނިންމާފަ އެވެ.
ޓާސްކް ފޯސްއިން ބުނީ މުޅި ރަށުގެ ސެކިއުރިޓީ ސަލާމަތީ ބާރުތަކަށް ބެލެހެއްޓުމަށް ހަމަޖެހިފައިވާއިރު، ބޭނުމެއް ނެތް ގޮތުގައި ބޭރަށް ނުކުމެ ނޫޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ރަށުގެ ސަލާމަތާއި ރައްކާތެރިކަން ހިފެހެއްޓޭނީ ހުރިހާ އެންމެން އެއް ބައެއްގެ ގޮތުގައި ކުރާ މަސައްކަތުންކަމަށް ވާއިރު ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް ޓާސްކް ފޯސްއިން ވަނީ ގޮވާލައްވާފަ އެވެ.