މާލެ ސަރަހައްދު ލޮކްޑައުން ކުރިނަމަވެސް އެހެން ރަށްރަށާއި ރިސޯޓްތަކުން ބޭނުންވާ މުދާ މާލެއިން ގެންދެވޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.
ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ރަށްރަށާއި ރިސޯޓްތަކަށް ބޭނުންވާ މުދަލާއި ފެން ގެންދިއުމަށް މާލޭ ނޯތު ހާބަރަށް އެހެން ރަށްރަށުން އަންނަ އުޅަނދުތަކަށް ވަދެވޭނެ ކަމަށާއި ނަމަވެސް އެފަދަ އުޅަނދުތަކުގެ ކްރޫއިން ފިޔަވައި އިތުރު ބަޔަކު އައިސްގެން ނުވާނެ ކަމަށެވެ. އަދި އެފަދަ ދަތުރުތައް ފެށުމުގެ ކުރިން އެ ރަށެއްގެ ކައުންސިލަށް އެކަން އަންގަންވާނެ ކަަމަށް ފުލުހުންގެ ޓްވިޓްގައިވެ އެވެ.
މާލެއިން މުދާ ގެންދެވޭނެ އިންތިޒާމު ހަމަޖެހިގެން ދިޔައިރު އިއްޔެ އިރުއޮއްސި ހަޔަކުން ފެށިގެން މުޅި ރާއްޖެ އޮތީ ލޮކްޑައުން ކޮށް ހުއްދަ ނެތި އެއްރަށްށުން އަނެއް ރަށްރަށަށް ދަތުރުކުރުން ވެސް މިހާރު އޮތީ ރާއްޖޭގައި މަނާކޮށްފަ އެވެ.
ކޮވިޑް-19 އަށް މާލެއިން މިހާތަނަށް 12 މީހަކު ޕޮޒިޓިވް ވެފައިވާއިިރު، އޭގެ ތެރޭގައި ބިދޭސީއަކު ވެސް ހިމެނެ އެވެ.
ކޮވިޑް-19 އަށް މާލެއިން ބަޔަކު ޕޮޒިޓިވްވުމާ އެކު، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން 14 ދުވަހަށް މާލެ ސަރަހައްދު ލޮކްޑައުންކޮށް، މާލެ ސަރަހައްދަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.