މާލެ ސިޓީއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 14 އަށް އަރައިފި އެވެ. ޕޮޒިޓިވް ވި ކޭސް 14 އަށް އަރާފައިވާއިރު އަލަށް ޕޮޒިޓިވްވި ޕޭޝަންޓް 34 އަކީ ޕޭޝަންޓް 27އާ ޑައިރެކްޓް ކޮންޓެކްޓްވި ދިވެއްސެކެވެ.
އެޗްޕީއޭއިން ދެންމެ ވަނީ އިތުރު ޕޮޒިޓިވް ކޭސްއެއް (ޕޭޝަންޓް 34)ގެ މައުލޫމާތު ދީފަ އެވެ. މިއަދު ފުރަތަމަ ޕޮޒިޓިވްވި ޕޭޝަންޓް 33 އަކީ ޕޭޝަންޓް 28އާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ.
މާލެ ސިޓީއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވި ޕޭޝަންޓް 21 އަކީ އެއްވެސް ޓްރެވެލް ހިސްޓްރީއެއް އޮތް މީހެއް ނޫނެވެ. އަދި ޕޭޝަންޓް 22 އަކީ 21 ވަނަ އަށް ޕޮޒިޓިވްވި ފަރާތުގެ ތުއްތު ދަރިފުޅެވެ. ތިންވަނައަށް ޕޮޒިޓިވްވި ޕޭޝަންޓް 23 އަކީ ވެސް ޕޭޝަންޓް 21 އާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ.
އޭގެ ފަހުން ޕޭޝަންޓް 23އާ ކޮންޓެކްޓްވި 3 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވް ވެފައެވެ.
ނަމަވެސް އިއްޔެ ޕޮޒިޓިވްވި ޕޭޝަންޓް 27 އާއި ޕޭޝަންޓް 28 އޭގެ ކުރިން ޕޮޒިޓިވްވި އެއްވެސް މީހަކާ ގުޅުމެއް އޮތް ދެ މީހުންނެއް ނޫނެވެ.
މީގެތެރެއިން ޕޭޝަންޓް 27 އާ ސީދާ ކޮންޓެކްޓްވި މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި މިއަދު ހެނދުނު ޕޮޒިޓިވް ވި ޕޭޝަންޓް 30 އަކީ ވެސް ޕޭޝަންޓް 27 އާއި ކޮންޓެކްޓިވް މީހެކެވެ.
އަދި އަނެއް މީހާއަކީ (ޕޭޝަންޓް 31) އަކީ ޕޭޝަންޓް 28 އާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ. ދެން ޕޮޒިޓިވްވި ބަންގްލަދޭޝް މީހާ (ޕޭޝަންޓް 32)އަކީ ޕޭޝަންޓް 30އާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ.