މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް އާ ގުޅިގެން ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ހަރަކާތްތެރިވުމަށް ރާއްޖެއިން ބޭރުން ޑޮކްޓަރުންނާއި ނަރުހުން ހޯދުމަށް ކުރަމުންދާ މަސައްކަތް މާބޮޑު ކުރިއެރުުންތަކެއް ލިބިފައި ނުވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
އެގޮތުން ރާއްޖެއިން ބޭރުން ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އެކަމަށް ބޭނުންވާ އިތުރު ވަސީލަތްތައް ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުން ގެންދާ ކަމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ ރާއްޖެއިން މަސައްކަތް ކުރަމުން ގެންދަނީ 200 ވެންޓިލޭޓަރު ހޯދަން ކަަމަށެވެ.
މާލޭގެ އިތުރުން އަތޮޅުތަކުގައިވެސް އެ ވައިރަސް ފެތުރިދާނެކަމަށް ބަލައި އެކަަމަށް ތައްޔާރުވަމުންދާ ކަމަށް މަބްރޫކް ފާހަގަކުރެއްވިއެވެ. އަދި ކޮވިޑް-19 އަށް ހާއްސަކޮށްގެން 50 ޕަސެންޓް ޑޮކްޓަރުންނާއި ނަރުހުން ހަރަކާތްތެރިވެ ބައިވެރިކުރުމަށް ވިސްނުން ގެންގުޅުއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.