twitterviber whatsapp telegramfacebookyoutube instagram
6th May 2024

އައިޖީއެމްއެޗުން އޮންލައިން ކްލިނިކްތަކެއް ހިންގުމަށް ނިންމައިފި

Apr 18, 2020

އަންނަ މަހުގެ އެއްވަނަ ދުވަހާ ހަމައަށް ލޮކްޑައުން ކުރުމުން އައިޖީއެމްއެޗް ހޮސްޕިޓަލުގައި އޮންލައިން ކްލިނިކްތަކެއް ހިންގުމަށް ނިންމައިފި އެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކަށް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ.

އެހެންކަމުން އަންނަ ހޯމަ ދުވަހުން ފެށިގެން އޮންލައިން ކްލިނިކްތަކެއް ގާއިމް ކުރާނެ ކަމަށާއި އެ ކްލިނިކުން ދުވާލަކު 10-15 ވަރަކަށް މީހުންނަށް ހިދުމަތް ދޭނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. މި ކްލިނިކްތަކުން ހިދުމަތް ދެނީ ވީޑިއޯ ކޯލް މެދުވެރިކޮށެވެ.

އިތުރު ކްލިނިކްތަކުން ހޯމަ ދުވަހު ހިދުމަތް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. ހޯމަ ބުދަ އަދި ހޮނިހިރު ދުވަހުގެ ހެނދުނު ނުވަ އަކުން މެންދުރުފަހު އެކަކަށް ކްލިނިކްގައި ހިދުމަތް ދެ އެވެ. އެ ކްލިނިކްތަކަކީ؛

• ނާރުގެ ބަލިތަކާ ބެހޭ ޑިޕާޓްމެންޓް

• ހިތުގެ ބަލިތަކާ ބެހޭ ޑިޕާޓްމެންޓް

• އާންމު އޮޕަރޭޝަންތަކާ ބެހޭ ޑިޕާޓްމެންޓް

• ކެންސަރު ބަލިތަކާ ބެހޭ ޑިޕާޓްމެންޓް

• އެތެރެހަށީގެ ބަލިތަކާ ބެހޭ ޑިޕާޓްމެންޓް

• ފުއްޕާމޭގެ ބަލިތަކާ ބެހޭ ޑިޕާޓްމެންޓް

• ކިޑްނީގެ ބަލިތަކާ ބެހޭ ޑިޕާޓްމެންޓް

• ކުޑަކުދިންގެ ބަލިތަކާ ބެހޭ ޑިޕާޓްމެންޓް

އައިޖީއެމްއެޗުން ބުނީ ޑޮކްޓަރަށް ދެއްކުމަށް އެދިފައިވާ ތަރުތީބުން ޕޭޝަންޓުންނަށް ގުޅަމުން ގެންދާނެ ކަމަށެވެ. ކްލިނިކްތަކާ ބެހޭއ އިތުރު މައުލޫމާތު ހޯދުމަށް 3335335 އަށް ގުޅުމަށް އެ ހޮސްޕިޓަލުން އެދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355