ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާބަނޑު މީހަކު ހިމެނޭ ކަމަށާއި އޭނާގެ ހާލަތު ގާތުން ބަލަމުންދާ ސަރުކާރުން ބުނެފި އެވެ.
މާލޭގައި 14 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 13 މީހަކީ ދިވެހިންނެވެ. އަނެއް މީހާއަކީ ބަންގްލަދޭޝް މީހެކެވެ.
ޕޮޒިޓިވްވި މީހުންގެ ތެރޭގައި ތިން ކުޑަކުދިން ވެސް ހިމެނެ އެވެ.
މާލެ ސިޓީއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވި ޕޭޝަންޓް 21 އަކީ އެއްވެސް ޓްރެވެލް ހިސްޓްރީއެއް އޮތް މީހެއް ނޫނެވެ. އަދި ޕޭޝަންޓް 22 އަކީ 21 ވަނަ އަށް ޕޮޒިޓިވްވި ފަރާތުގެ ތުއްތު ދަރިފުޅެވެ. ތިންވަނައަށް ޕޮޒިޓިވްވި ޕޭޝަންޓް 23 އަކީ ވެސް ޕޭޝަންޓް 21 އާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ.
އޭގެ ފަހުން ޕޭޝަންޓް 23އާ ކޮންޓެކްޓްވި 3 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވް ވެފައެވެ.
ނަމަވެސް އިއްޔެ ޕޮޒިޓިވްވި ޕޭޝަންޓް 27 އާއި ޕޭޝަންޓް 28 އޭގެ ކުރިން ޕޮޒިޓިވްވި އެއްވެސް މީހަކާ ގުޅުމެއް އޮތް ދެ މީހުންނެއް ނޫނެވެ.
މީގެތެރެއިން ޕޭޝަންޓް 27 އާ ސީދާ ކޮންޓެކްޓްވި މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި މިއަދު ހެނދުނު ޕޮޒިޓިވް ވި ޕޭޝަންޓް 30 އަކީ ވެސް ޕޭޝަންޓް 27 އާއި ކޮންޓެކްޓިވް މީހެކެވެ.
އަދި ޕޭޝަންޓު 31 އަކީ ޕޭޝަންޓް 28 އާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ. ދެން ޕޮޒިޓިވްވި ބަންގްލަދޭޝް މީހާ ޕޭޝަންޓް 32 އަކީ ޕޭޝަންޓް 30އާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ.