twitterviber whatsapp telegramfacebookyoutube instagram
2nd July 2025

މެޑްޓެކްއިން ރާއްޖެއަށް ގިނަ އަދަދެއްގެ މެޑިކަލް ސާމާނު ގެނެސްފި

ޚަދީޖާ އާދަމް
Apr 19, 2020

މެޑްޓެކް މޯލްޑިވްސް އިން ރާއްޖެ އަށް މެޑްޓެކް މޯލްޑިވްސް އިން ރާއްޖެ އަށް ގެނެސްފި އެވެ.

ގެނެސްފި އެވެ.

މި ބައްޔަށް ފަރުވާދޭން ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު މެޑްޓެކުން ރާއްޖެ އަށް ގެނައީ މިދިޔަ ހުކުރު ދުވަހުގެ ރޭ މޯލްޑިވިއަންގެ ކާގޯ ފްލައިޓެއްގަ އެވެ.

އެގޮތުން 4.5 ޓަނުގެ މެޑިކަލް ސާމާނު މެޑްޓެކުން ވަނީ ރާއްޖެ އަށް އެތެރެކޮށްފަ އެވެ. އެ ފްލައިޓުގައި މެޑްޓެކުން ރާއްޖެ އަށް އެތެރެކުރި މެޑިކަލް ސާމާނުގެ ތެރޭގައި ހިމެނެނީ 105 ކޭހުގެ ސާންޕަލް ކެރިއާ އާއި ސާންޕަލް އެއްތަނުން އަނެއްތަނަށް އުފުލުމުގައި ބޭނުންކުރާ ޓްރިޕްލް ޕެކޭޖިން ބޮކްސްގެ 40 ކޭސް އަދި 13،600 ޑިސްޕޯސަބަލް ފޭސް ޝީލްޑު ހިމެނެއެވެ.

ދުނިޔޭގެ މަޝްހޫރު ގިނަ ބްރޭންޑްތަކެއްގެ މެޑިކަލް ސާމާނު ރާއްޖެ އަށް ސަޕްލައިކުރާ މެޑްޓެކުން އަންނަނީ ކޮވިޑް-19 އަށް ފަރުވާދިނުމަށް ބޭނުންވާ އިތުރު ސާމާނު ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރޭ އޮތް ފްލައިޓުން އިތުރު ސާމާނު ނުގެނެވުނީ ޖާގަ ނުލިބުމުން ކަމަށް އެ ކުންފުނިން ބުންޏެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު 51 އަށް އަރާފައިވާ އިރު ކޮވިޑް-19 ގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ބުނާ ގޮތުގައި މިހާރު ފެތުރެމުންދާ ސްޕީޑުގައި ބަލި ފެތުރޭ ނަމަ، ބަލީގެ ޕީކަށް އަރާ އިރު ރާއްޖޭގެ ސިއްހީ ހިދުމަތް ދިނުމުގެ ކެޕޭސިޓީއަށް ވުރެ ބަލިމީހުން އިތުރުވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355